ads
ހަރުގޭގައި މިއަދު ފޯމް ފުރުމުގެ މަސައްކަތް ކުރިއަށް ދަނީ
އަލުން ހަރުގެ ހޯދަން އެމްޑީޕީން ވަގުތީ އަމުރަކަށް އެދިއްޖެ
އާޓިފިޝަލް ބީޗް ކުރިމަތިން، އެމްޑީޕީ ހަރުގެ ހިންގަމުން ގެންދިޔަ، އިމާރާތަށް ދަ ޑިމޮކްރޭޓްސް އިން މިއަދު ވަނީ ގަދަކަމުން ކަމަށާއި އެކަން ހުއްޓުވާ ދިނުމަށް އެދި މިހާރު ސިވިލް ކޯޓްގައި ވަގުތީ އަމުރަކަށް އެދިފައިވާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ހަރުގޭގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް އަދި އެކަމަށް ގޮތެއް ނުނިމި ވަނިކޮށް "ދަ ޑިމޮކްރޭޓްސް" އިން އެތަނަށް ވަދެފައިވަނީ ގަދަކަމުން ކަމަށެވެ.

އިބްރޭ ވިދާޅުވީ މިއަދުވެސް އެމްޑީޕީން އެތަން ބޭނުންކުރި ކަމަށާއި ޑިމޮކްރޭޓްސްއިން ތަނަށް ވަދެފައިވަނީ ތަޅު ހަލާކުކޮށްލުމަށް ފަހު، އެހެން ތަޅެއް އަޅުވައިގެން ހުޅުވުމަށް ފަހު ކަމަށެވެ.

"އެހެން އެއްވެސް ބަޔަކު އަތުގަ ނޯންނޭނެ އެތާންގެ ތަޅުދަނޑިއެއް، ބެލެވެނީ ތަޅު ހަލާކުކޮށްލާފަ އެހެން ތަޅެއް އަޅުފާފަ ދެން ހުޅުވައިގެން ވަނީ ކަމަށް. މިއަދުވެސް އެތަން ބޭނުންކުރިން، ރިޔާސީ އިންތިހާބަށް ރަށް ރަށަށް ފޮނުވަން ގެނައި ގޮނޑިތައްވެސް މިއަދުވެސް އެތަނަށް ވެއްދިން" - އިބްރޭ

އިބުރޭ ވިދާޅުވީ ހަރުގޭގެ މައްސަލަ ކޯޓުގައި އޮއްވައި ގަދަކަމުން އެތަނަށް ވަތް މައްސަލާގައި އެކަން ހުއްޓުވާ ދިނުމަށް އެދި މިހާރު ސިވިލް ކޯޓްގައި ވަގުތީ އަމުރަކަށް އެދިފައިވާނެ ކަމަށެވެ.

މިއަދު ހަރުގެ ކައިރީ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ބިމުގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރު ވިދާޅުވީ އެމްޑީޕީއަށް ތަން ކުއްޔަށް ދިން މުއްދަތު ހަމަވުމުން އަދި ތަން ހުސްކުރުމަށް އެނގުމުން އެކަން ވެސް ނުކުރުމުން އެހެން ފަރާތަކަށް އެތަން ކުއްޔަށް ދީފައިވާނެ ކަމަށެވެ.

އެމްޑީޕީ ހަރުގެ ހުރިތަން ގޭގެ ވެރިފަރާތުން ކުއްޔަށް ދީފައިވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް މަސައްކަތްކުރާ ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އަށެވެ.

އަމްރުއަށް އެތަން ކުއްޔަށް ދިނުމުން މިއަދު ވަނީ އެތަނުގައި ދަ ޑިމޮކްރެޓްސްގެ ހަރުގެ ހަދާ އެޕާޓީއަށް މެމްބަރުން ހޯދުމަށް ފޯމް ފުރުމުގެ މަސައްކަތްވެސް އެތާންގައި ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް