ads
ފޮޓޯ: ގޫގްލް
އިންޖެކްޝަނެއްގެ ކޮލިޓީ ގެއްލިފައިވާ މައްސަލައެއް އެމްއެފްޑީއޭ އިން ބަލަނީ
އިންޖެކްޝަނެއްގެ ކޮލިޓީ ގެއްލިފައިވާ މައްސަލައެއް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަލަން ފަށައިފި އެވެ.

އެމްއެފްޑީއޭ އިން ބުނެފައިވަނީ ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާ އިންޖެކްޝަނެއްގެ ކޮލިޓީ މައްސަލައެއް ފެނިފައިވާ ކަމަށާއި، އެހެން ކަމުން އެ މައްސަލަ ބަލަމުން ގެންދާ ކަމަށެެވެ.

އަދި މިހާރުން ފެށިގެން އެއާއި ގުޅޭ އެއްވެސް ޕްރޮޑެކްޓްގެ ބެޗް ރާއްޖެ އެތެރެކުރުމާއި، ބޭނުން ކުރުމަކީ މަނާކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެއްވެސް ފާމަސީ އެއްގައި ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި މި އިންޖެކްޝަން ހުރިނަމަ އެކަން ވީހާވެސް އަވަހަކަށް އެ އޮތޯރިޓީގެ ނަމްބަރަށް ގުޅާ މައުލޫމާތު ފޯރު ކޮށްދިނުމަށްވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ. 

މި ގޮތުން ރާއްޖެ އަށް އެތެރެކޮށްފައިވާ ބޭހާއި މިފަދަ އިންޖެކްޝަންތަކަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަދި ބޭސް ސީޓީ އަށް ބޭސް އެތެރެކުރާ އިރު ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލާ ފާސްކުރަމުން ގެންދާނެ ކަމަަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އަންގާފައިވާ އިންޖެކްޝަނުގެ ނަމަކީ "ރެނިޓިޑެއިން އިންޖެކްޝަން" ނަމަކަށް ކިޔާ ބޭހެއް ކަމަށްވެސް ބުނެފައިވެއެވެ.

ދޭތެރެ ދޭތެރެއިން ރާއްޖެއަށް މިފަދަ ބޭސްތަކެއް އެތަރެވާ ކަމުގެ މައްސަލަތައް އެމްއެޑީއޭއަށް ހުށައެޅުމާއިއެކު ބޭސްތައް ވީހާވެސް އަވަހަކަށް ނައްތާލުމާއި، ނުވަތަ އެތެރެ ކުރުމުން މަނާކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައި ކަމަށްވެސް އެ އޮތީރިޓީން ވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް