
އުތުރު ހުޅުމާލޭން ކަރަންޓު ކެނޑުނީ ޑިސްޓްރިބިއުޝަން މަައި ކޭބަލަކަށް ގެއްލުންވުމުން - ފޮޓޯ:ސްޓެލްކޯ
ހުޅުމާލެ ފޭސް 2 އިން ކަރަންޓު ކެނޑުނީ މަައި ކޭބަލަކަށް ގެއްލުންވުމުން
މުހައްމަދު އަތީފް
31 މޭ 2023 - 11:30:11
އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާ ދިމާލުން މަސައްކަތް ކުރަމުން ދިޔަ ކޮންޓްރެކްޓަރެއް އެސަރަހައްދު ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ހެނދުނު 10:23 ހާއިރު ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އުތުރު ހުޅުމާލޭގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
މައްސަލަ ދެނެގަނެ ވީ އެންމެ އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ކަރަންޓު ކެނޑިފައިވުމުގެ ސަބަބުން ކަރަންޓު ކެނޑުނު ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް