ads
ގެއްލިގެން ހޯދާ މީހެއް....
ދެ އަހަރުގެ ކުއްޖަކާއި އެކު އަންހެނަކު ހުޅުމާލެ އިން ގެއްލިއްޖެ
ހުޅުމާލެ އިން ދެ އަހަރުގެ ކުއްޖަކާއި އެކު އަންހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެނ ހޯދަމުންދަނީ ހއ. އިހަވަންދޫ ނަސްރީނުގެ އައިޝަތު އިހުސާނާ ނަމަކަށް ކިޔާ މިހެއް ކަމަށެވެ. އިހުސާނާ ގެއްލުނު އިރު އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅުވެސް ގެއްލިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އަންހެންމީހާގެ އުމުރުން 32 އަހަރު ކަމަށްވެސް ފުލުހުން ވަނީ ބުނެއެވެ.

އަދި އިހުސާނާ އެންމެފަހުން ފެނިފައިވަނީ 29 މެއި ވަނަ ދުވަހު ހެނދުނު  އޭނާ ދިރިއުޅޭ ހުޅުމާލެ  6-4-15 ހިޔާ އިން ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލހުންވަނީ ހާމަ ކޮށްފައެވެ.

ދޭތެރެ ދޭތެރެއިން މާލެ އާއި، ހުޅުމާލެ އިން މީހުންގެއްލިގެން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވެއެވެ. އެގޮތުން އާންމުންނާއި، ފުލުހުން ހޯދަމަށް ކޮށްފައިވާ މަސައްކަތުން ބައެއްމީހުން ވަނީ ހޯދިފައެވެ. ނަމަވެސް ހޯދުން ލަސްވުމުގެ ސަބަބުން ބައެއްމީހުން މަރުވާ ފަހުންވެސް ފެނިފަ އެބަހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް