ads
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުވަރިޒަމް އިންޑަސްޓަރީ، (މަޓީ)ގެ ވައިސް ޗެއަރމެން ހުސެއިން އަފީފް
ކައިރި މާކެޓްތަކަށް މިސްރާބު ޖަހަން އަފީފް ގޮވާލައިފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވައިސް ޗެއާމަން ހުސެއިން އަފީފް، ރާއްޖޭގެ ޓޫރިޒަމް ދުރު މަންޒިލްތަކުގެ ޓޫރިސްޓުންނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ކައިރީގެ މާކެޓްތަކަށް މިސްރާބު ޖެހުމަށް ގޮވާލައްވައިފިއެވެ.
Advertisement

"ޓޫރިޒަމް އެޓް 50 ޕްލަސް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، މިފަދަ ސްޓްރެޓެޖީއެއް ގެންގުޅުމަކީ، ބޭރުގެ ކުއްލި ލޮޅުންތަކުން ސިނާއަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ކުރިއެރުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަފީފް ފާހަގަކުރެއްވި ގޮތުގައި، ޔޫރަޕް ފަދަ ދުރުގެ މާކެޓްތަކުގައި ދިމާވާ ކަމެއްގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެނަމަ، އެކަމުގެ ސީދާ އަސަރު ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރެއެވެ. ނަމަވެސް، ރާއްޖެއާ ކައިރި ސަރަހައްދުތަކުން ޓޫރިސްޓުން ގެނައުމަށް މަސައްކަތް ކުރުމުން، އެފަދަ ހާލަތެއްގައިވެސް ސިނާއަތް ހުއްޓުމަކަށް ނައިސް ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޓޫރިޒަމް ސިނާއަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކޮންމެހެން ވެސް ގެންގުޅެންޖެހޭ ވިސްނުމެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް