ads
ލޫޓުވައިފި މުޒާހަރާގެ ތެރެއިން
ސިޔާސީ ބޭނުމަކަށް ރައްޔިތުން ބޭނުންކުރުން ބަލައިނުގަނެވޭނެ: ޕީއެންސީ
ސިޔާސީ ބޭނުމަކަށް ރައްޔިތުންގެ ބޭނުންކުރުން ބަލައިނުގަނެވޭނެ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނޭޝިނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ
Advertisement

ރޭގައި އިދިކޮޅު އެމްޑީޕީން "ލޫޓުވައިފި" މުޒާހަރާ އާއި ގުޅިގެން ޕީއެންސީން ނެރުން ނޫސްބަޔާނެގައި ބުނެފައިވަނީ އެމްޑީޕީން ވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުން މުޒާހަރާއަށް މާލޭ ގެނެސްފައި ކަމަށާއި އެ މީހުންނައް ކެއުންބުއިން، ދިރިއުޅޭނެ ތަނެއް އެމްޑީޕީން ދައްކާފައި ނުވުމުން އެ ރައްޔިތުން މިހާރުތިބީ މާލޭގައި ބިކަވެފައި ކަމަށެވެ. 

މި ގޮތަށް ސިޔާސީ ކަންކަމަށް ނިކަމެތި ރައްޔިތުންގެ ބޭނުން ހިފާ އެ ރައްޔިތުންގެ ބޭނުން ނިމުމުން އެ ރައްޔިތުން ބިކަހާލުގައި އެކަނިމާއެކަނި އުޅެން ދޫކޮށްލުން އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ނޫސްބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. 

"މިފަދަ ނާތަހުޒީބު ކަންކަން އެމްޑީޕީން ކުރުމުން އެގިގެންދަނީ އެ ޕާޓީއަކީ އެއްގޮތަކަށްވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނާ ޕާޓީއެއް ނޫންކަން. މިފަދަ ކަންކަންކުރުމުގެ ސަބަބުން ރައްޔިތުން އިތުރަށް ބިކަވެގެން ދާނެ ކަމަށް އެމްޑީޕީންވެސް ވިސްނަން ޖެހޭނެ" ޕީއެންސީން ބުނެ އެވެ.

ޕީއެންސީން އިތުރަށް ފާހަގަ ކުރި ގޮތުގައި އެމްޑީޕީން ރޭގައި ބޭއްވި އެއްވުން އެއްބަސްވެފައިވާ ރޫޓް ނޫން އެހެން ރޫޓަކުން ދާން އުޅުމުން ފުލުހުން އެ އެއްވުމަށް ހުރަސް އަޅާފައިވާ ކަމަށާއި އެއާއެކު ފެނިގެންދިޔައީ އެއްވުމުގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ފުޅި އަދި ގާ ފަދަ ތަކެތި އުކިތަން ކަމުގަ އެވެ. ވެރިކަން ކުރާ ޕާޓީން ބުނީ މިކަމުންވެސް އިނގިގެންދަނީ ރޭގައި ބޭއްވި އެވުމުގެ މަގުސަދަކީ ގައުމު ހަލަބޮލިކޮށްލާ ގައުމުގެ އަމާންކަން ނަގާލުން ކަމުގަ އެވެ. 

އެ ނޫސްބަޔާނުގައި އިތުރަށްވާ ގޮތުގައި ސުލްހަވެރި އިހުތިޖާޖުތަކަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށާއި ނަމަވެސް ގައުމުގެ މަސްލަހަތު ނަގާލަން ބަޔަކު މަސައްކަތް ކުރާ ނަމަ އެ ކަން ހުއްޓުވުމަށް ކުރަންޖެހޭކަމެއް ކުރުމަށް ސަރުކާރުން ފަސްނުޖެހޭނެ ކަމުގަ އެވެ. 

އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ކަން ބަދަލުކުރަން ބޭނުންވާ ނަމަ އެކަން ކުރަން އޮންނަ އެންމެ ރަނގަޅުގޮތް ހުރިހާ ޕާޓީ އަކުން އިހްތިޔާރު ކުރަން ޖެހޭނެ ކަމަށެވެ. 

ގައުމުގެ ހަލަބޮލިކޮށްލުމުގެ ބަދަލުގައި ޑިމޮކްރެޓިކް އިންސްޓިއުޓްތައް މެދުވެރިކޮށް ނުވަތަ ކޮސްޓަރުކަޓްވިޓް ޑިބޭޓް އިން ކަންކަން ހައްލުކުުރަން މަސައްކަތްކޮށް އެކަމުން ކާމިޔާބުނުވެއްޖެ ނަމަ ދެން އިންތިހާބުން އެކަން ކާމިޔާބުކުރަން މަސައްކަތް ކުރަން  ހުރިހާ ޕާޓީއަކުންވެސް ވިސްނަން ޖެހޭނެ ކަމަށް ޕީއެންސީ އިން ފާހަގަކުރެ އެވެ.

ގައުމުގެ ސަލަމަތީ ބާރުތަކުން ރޭގެ މުޒާހަރާގެ ތެރެއިން ދެއްކި ނަމޫނާ އަށް ތައުރީފު ހައްގުކަމަށާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ ފުލުހުން އަދި ސިފައިންނައް ހަމަލާ ދީ ގައުމުގެ ހަލަބޮލިކަން ނަގާލަން މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް އެ ޕާޓީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އެ ނޫސް ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ ހާއްސަ ދުއާއަކުން ރޭ ގެ އެއްވުން 12 ޖަހާކަންހާއިރު ނިންމައިލުމަށް ފަހު، އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޓީމުގެ ފަރާތުން ބުނީ، ރޭ ކުރިއަށް ގެންދިޔައީ ވެސް ނިންމައިލީ ވެސް "ސުލްހަވެރި އެއްވުމެއް" ކަމަށެވެ.

އެއްވުން ރޭ އެންމެ ހޫނުވި ވަގުތު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްވުމުގެ ބައިވެރިން ކުރިއަށް ދާން އުޅުނީ މަޖީދީ މަގުން ކަމަށާއި އެއީ ފުލުހުންނާ އެކު އެއްބަސްވި ގޮތެއް ނޫން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް