ads
އިންޑިޔާ- ނޭޕާލް ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ސާފް ޗެމްޕިއަންޝިޕަށް ނޭޕާލް ސްކޮޑުވެސް އިއުލާންކޮށްފި
ޖޫން މަހު ފަހުކޮޅު އިންޑިޔާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް އެންމެ ފަހުގެ ރަނަރަޕް، ނޭޕާލުން 30 ކުޅުންތެރިންގެ ސްކޮޑެއް އިއުލާންކޮށްފިއެވެ.

ސާފް ޗެމްޕިއަންޝިޕަށް ނޭޕާލުގެ 30 ކުޅުންތެރިންގެ ސްކޮޑު އިއުލާންކުރިއިރު، ނޭޕާލް ސްކޮޑުން އެންމެ ފާހަގަކުރެވޭ ނަމަކީ މި ފަހަރު ވެސް ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެއް ކުޅުނު ތަޖުރިބާކާރު ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫއެވެ. އިންޑިއަން ސުޕަ ލީގަށް އަލަށް ޕްރޮމޯޓްވި ރައުންޑްގްލާސް ޕަންޖާބް ޓީމަށް މިހާރު ކުޅެމުން އަންނަ ކިރަން ވަނީ ރާއްޖޭގެ ޓީސީއަށާ މާޒިޔާއަށް ކުޅެފައެވެ.

މާލޭގައި، 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވި ނޭޕާލުން މި ފަހަރުގެ މުބާރާތުގައި ވެސް ހިމެނެނީ އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. އިންޑިއާ އާއި ނޭޕާލްގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ޕާކިސްތާން އާއި ކުވެއިތު އެވެ.

މާލޭގައި ކުޅުނު ސާފު ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ގެންގޮސްދިނީ ކުވެއިތުގެ ކޯޗު އަބްދުﷲ އަލް މުތައިރީ އެވެ. އެކަމަކު މި ފަހަރު ނޭޕާލުގެ ކޯޗަކަށް ހުންނަނީ ނޭޕާލުން ދާދި ފަހުން ހަމަޖެއްސި އިޓަލީގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ އަނެސީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް