އެމްއެފްޑީއެން ބުނެފައިވަނީ ޑައިތީލެން ގްލައިކޯލް އާއި، އެތީލެން ގްލައިކޯލް އަޅާފައި ހުންނަ ޕެރެސެޓަމޯލްއާއި ގުޅޭ މައްސަލައެއް އެ އޮތޯރިޓީ އަށް ލިބިފައިވާ ކަމަށެވެ.
އެއީ ކެއްސުމާއި ރޯގާ އަށް ބޭނުންކުރާ ދިޔާ ބޭހެއް ކަމަށާއި، އެބޭހަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގައި ބޭނުން ކުރަމުންދާ ކުޑަކުދިންނަށްދޭ ބޭހެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 31 ޖޫން 2023ހުން ފެށިގެން ރާއްޖެ އިމްޕޯޓްކުރާ ޕެރެސެޓެމޯލާއި ކެއްސުމަށް ބޭނުން ކުރާ ދިޔާ ބޭހުގެ ކޮންމެ ބެޗެކަށް (ޑަބްލިއު.އެޗް.އޯ) ގެ ޕްރީކޮލިފައިޑް ލެބޯޓްރީ ތަހުލީލު ހުށައަޅަން ޖެހޭ ކަންކަން ހުރުމުން އަންގާ ކަމަށެވެ.
އަދި އެމްއެފްޑީއޭގެ އިއުލާނުގައި ބުނެފައިވަނީ މި ބޭހާއި ގުޅޭ އެއްވެސް މައުލޫމާތެއް ބޭނުންނަމަ އެ އޮތޯރިޓީ އަށް އެކަން އެނގުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަނޖެހޭ ފިޔަވަޅުތައް ހިއްސާކުރާނެ ކަމަށެވެ.