ހުޅުމާލެ އިން ދެ އަހަރުގެ ކުއްޖަކާއި އެކު އަންހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ) މިއަދު އާއިލާއަށް ގުޅާފައިވާ ކަމަށާއި އޭނާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ..
އަދި އިހުސާނާ 32އ، އެންމެފަހުން ފެނިފައިވަނީ 29 މެއި ވަނަ ދުވަހު ހެނދުނު އޭނާ ދިރިއުޅޭ ހުޅުމާލެ 6-4-15 ހިޔާ އިން ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލހުންވަނީ ބުނެފައެވެ.
ދޭތެރެ ދޭތެރެއިން މާލެ އާއި، ހުޅުމާލެ އިން މީހުންގެއްލިގެން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވެއެވެ. އެގޮތުން އާންމުންނާއި، ފުލުހުން ހޯދަމަށް ކޮށްފައިވާ މަސައްކަތުން ބައެއްމީހުން ވަނީ ހޯދިފައެވެ.