ads
އިންޓަނޭޝަނަލް ސާފިން ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ޓީމު
ރާއްޖޭގެ އަންމަޑޭ ދެވަނަ ބުރަށް
މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސާފިން ގޭމްސްގައި ވާދަކޮށް ރާއްޖޭގެ އަހުމަދު އާގިލް (އަންމަޑޭ) މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) އިން ބާއްވާ މި މުބާރާތުގެ ދެވަނަ ބުރަށް އަންމަޑޭ ދަތުރުކުރީ ފުރަތަމަ ބުރުގައި ހީޓުގެ ދެވަނަ ހޯދައިގެންނެވެ. 

އަންމަޑޭ ވާދަކުރި 11 ވަނަ ހީޓުގެ އެއްވަނަ ހާސިލްކުރީ 16.34 ގެ ސްކޯއަކުން މެކްސިކޯގެ ސެބަސްޓެއިން ހެނާންޑޭޒްއެވެ.

އަންމަޑޭ، ހީޓުގެ ދެވަނަ ކަށަވަރުކުރީ 6.36 ސްކޯ ކޮށްގެންނެވެ. ހީޓުގައި ދެން ވާދަކުރި ނެދަލެންޑްސްގެ ކެސްޕާ ހަމިންގާއަށް ތިންވަނަ ލިބުނީ 6.10 ގެ ސްކޯއަކުންނެވެ. ހީޓުގެ ފުލުގައި އޮތް އިންޑިއާގެ ސިވަރާޖް ބާބޫއަށް ސްކޯ ކުރެވުނީ 3.97 އެވެ. 

މުބާރާތުގެ ދެވަނަ ބުރުގައި އަންމަޑޭ ވާދަކުރަން ޖެހޭނީ ކްރޮއޭޝިއާގެ ކާލޯސް މުނޯޒް، އަޔަލެންޑުގެ ޖެކް ސްކޮޓް އަދި ބްރެޒިލްގެ ގަބްރިއަލް މެޑިނާ އާއެކު ހަވަނަ ހީޓުގައެވެ. 

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ހޫދު އަހުމަދު (ހޫބްޒް) ފުރަތަމަ ބުރުގައި ވާދަކުރާނީ 39 ވަނަ ހީޓުގައެވެ. އިސްމާއިލް ރަޝީދު (ސްމައިލީ) ވާދަކުރާނީ 43 ވަނަ ހީޓުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް