ads
ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމް ރައީސް އަރިހުގައި
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ
ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބުތައް ބެލެހެއްޓުމަށް ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުގެ މުއްދަތު ހަމަވެ މަގާމް ހުސްވެއްޖެއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އެންމެ ފަހުން އެ މަގާމުގައި ހުންނެވި ކޮމިޝަނަރ ހީނާމަދު ސަލީމް އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހުއެވެ. ކޮމިޝަނަރު ހީނާ ސަލީމްގެ މަގާމު މުއްދަތު ހަމަވީ މިދިޔަ މަހުގެ 22 ވަނަ ދުވަހަށެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ ކުޅިވަރު ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮމިޝަނަރުގެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ. އަދި އެ މަގާމު ހުސްވާތާ 90 ދުވަހުގެ ތެރޭގައި އާ މީހަކު އެ މަގާމަށް އައްޔަން ކުރަން ޖެހެއެވެ.

އެންމެ ފަހުން އެ މަގާމުގައި ހުންނެވި، ހީނާ އަހްމަދު ސަލީމަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ހީނާވަނީ 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން އަޙްމަދު ސަލީމް ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް