ads
ޖަޕާން ސަރުކާރުގެ އެހީ އާއެކު އީވީ ބަސްތައް ޗާޖުކުރާނެ ސްޓޭޝަނެއް ހުޅުމާލެ ޓާމިނަލުގައި ގާއިމުކުރުުން - ފޮޓޯ:ޔޫއެންޑީޕީ
ޖަޕާން ސަރުކާރުގެ އެހީ އާއެކު އީވީ ބަސްތައް ޗާޖުކުރާނެ ސްޓޭޝަނެއް ގާއިމުކޮށްފި
ޖަޕާން ސަރުކާރުގެ އެހީތެރިކަމާ އެކު މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓުގައި ބޭނުން ކުރާ އިލެކްޓްރޮނިކް ވެހިކަލް (އީވީ) ބަސްތައް ޗާޖުކުރާނެ ސްޓޭޝަނެއް ގާއިމުކޮށްފިއެވެ.

މާލެ ސިޓީގައި ހުންނަ ހުޅުމާލެ ޓާމިނަލުގައި ގާއިމުކުރި މި ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑަންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމެވެ.

އީވީ ބަސްތަކުގެ ޗާޖިން ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު، އެ ބޭފުޅުން ވަނީ ބަހުގައި ދަތުރުކުރައްވާފައެވެ.

މާލެ ސިޓީގައި އެމްޓީސީސީން އާރްޓީއެލް މިނީ ބަހުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. މާލެ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ހިދުމަތުގެ ތެރެއިން ވިލިމާލޭގައި ބަސް ދަތުރުތަކަށް އެ ކުންފުނިން ބޭނުން ކުރަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރޮނިކް ވެހިކަލް (އީވީ) ބަސްތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް