ads
އަލީ ހުސައިން ރޭގެ ޖަލްސާގައި
ގައުމާ ޖެހުނީމަ، މިނިވަންކަމާ ޖެހުނީމަ ނިކުންނާނަން: އަލީ ހުސައިން
ސިޔާސީގޮތުން ކޮންމެ ތާކު ކޮންމެ ބަޔަކާއެކު ހުންނެވި ނަމަވެސް ގައުމާ ޖެހުނީމަ އަދި ގައުމުގެ މިނިވަންކަމާ ޖެހުނީމަ ގައުމަށްޓަކާ ނިކުމެވަޑައިގަންނަވާނެކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

"ބާނަބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ގެ ނަމުގައި ޗާގޯސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި އަލީ ހުސައިން މިހެން ވިދާޅުވީ މި ޖަލްސާގައި ބައިވެރި ނުވުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެޕާޓީގެ މެމްބަރުންނަށް ގޮވާލާފައި ވަނިކޮށެވެ.

ގާސިމްގެ ގޮވާލުމާ ދެކޮޅަށް ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ޖަލްސާއަށް ޖޭޕީން އޭނާ އެކަނި ވަޑައިގެންނެވީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރާނެކަމަށެވެ. ނަމަވެސް އެޖަލްސާގައި ހުންނެވީ އެކަނި ނޫންކަމަށާއި ގިނަ އަދަދެއްގެ ރައްޔިތުން އެކަމުގައި ތިބިކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ކޮންމެ ފިކުރެއްގައި އަދި ސިޔާސީ ގޮތުން ކޮންމެ ތަނެއްގައި ތިއްބަސް ގައުމާ ޖެހުމުން ގައުމުގެ މިނިވަންކަމާ ޖެހުމުން ގައުމަށްޓަކައި، ގައުމުގެ ހައްގަށްޓަކައި އަދިވެސް ނިކުންނަވާނެ ކަމަށެވެ.

މި ޖަލްސާގައި ބައިވެރި ނުވުމަށް ޖޭޕީގެ މެމްބަރުންނަށް ގާސިމް ވަނީ ދެ ފަހަރެއްގެ މަތިން ގޮވާލައްވާފައެވެ. އެގޮތުން އިއްޔެ މެންދުރު ފަހު ގާސިމްގެ ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައިވެސް ގާސިމް ވަނީ މި ޖަލްސާގައި ބައިވެރި ނުވުމަށާއި އެޖަލްސާއިން އުފެދޭނީ ފިތުނަކަމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް