
އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓަ ޔުނައިޓެޑު މިރޭ ނުކުންނާނީ މެންޗެސްޓަ ސިޓީއާ ދެކޮޅަށެވެ. މި މެޗުގައި ޔުނައިޓެޑުގެ އެންތަނީއަށް ކުޅެވޭނެ ކަމާމެދު ޝައްކުވީ، ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުުނު މެޗުގައި ލިބުނު އަނިޔާއިން ރަނގަޅުވެ އަދި އެންމެ މެޗެއްވެސް ނުކުޅެވަނިކޮށެވެ.
ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެ އެންތަނީ ބޭލީ އަށިގަނޑުގައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިރޭގެ މެޗަށް އޭނާ ފިޓް ނަމަވެސް އޭނާ ބޭނުން ކުރުމާމެދު ކޯޗު އަދި ގޮތެއް ނުނިންމައެވެ.
އުމުރުން 27 އަހަރުގެ އެންތަނީ އަކީ މި ސީޒަންގައި ޔުނައިޓެޑަށް ގެނައި ކުޅުންތެރިއެކެވެ. ޗެލްސީ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ލީގުގެ ފަހު މެޗުގައިވެސް އެންތަނީ ނުކުޅެއެވެ. އެންތަނީގެ އިތުރުން މިރޭގެ ފައިނަލްގައި އަނިޔާގެ ސަބަބުން މާޝިއަލްވެސް ނުކުޅޭނެއެވެ.
އެފްއޭ ކަޕްގެ ފައިނަލް މެޗު ފެށޭނީ މިރޭ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރުއެވެ. ވެމްބްލީގައި މި މެޗު ކުޅޭއިރު، ސިޓީން މި އަހަރުގެ ސީޒަންގައި ތިން ތަށި ހޯދުމަށް މިރޭގެ މެޗުން މޮޅުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެ ޓީމުގެ ޒުވާން ފޯވާޑް ހާލަންޑްވަނީ ބުނެފައެވެ.