ads
ގދ.ހޯޑެއްދޫ
ހޮރައިޒަނުން ހޯޑެއްދޫގައިހަދާ މަސްފެކްޓްރީ މައްސަލާގައި ރައީސްގެ ގަޓެއްނެތް: ފިރުޝާން
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހޮރައިޒަން ފިޝަރީޒްގެ ފަރާތުން ގދ. ހޯޑެއްދޫގައި 2005 ވަނަ އަހަރު ހަދަން އެއްބަސްވެފައިވާ ހުވަދޫ ފިޝަރީޒް ކޮމްޕެކްސްގެ މަސައްކަތް ނުނިމި ލަސްވާ މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްވެސް ގަޓެއް ނެތްކަމަށް މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެ އެވެ.
Advertisement

ހޯޑެއްދޫގައި އެމަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި ހޮރައިޒަންއާ ދެމެދު އެއްބަސްވީ 2005 ވަނައަހަރުއެވެ. މަސައްކަތް ނިންމައި 2008 ވަނައަހަރު ޚިދްމަތް ދިނުމަށް ވަނީ އެއްބަސް ވެފައެވެ.

ފިރުޝާން ވިދާޅުވީ މިމައްސަލަ ހައްލު ކޮށްދެއްވައި އެތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ކުރިން ރައީސް ވިދާޅުވި ކަމަށާއި ނަމަވެސް ފަހުން ބައްދަލުކުރުމުން ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެމައްސަލާގައި ގާސިމް ގުޅުއްވާ ކަމަށާއި، އެވާހަކަ ދައްކަވަން ވަރަށް އުދަގޫ ފުޅު ކަމަށެވެ.

(ރައީސް ސޯލިހު) ވިދާޅުވީ ތި މައްސަލާގައި އަޅުގަނޑަށް ގާސިމް ވަރަށް ގުޅުއްވައޭ. ފިރުޝާނޭ ތިވާހަކަ ދައްކަން ވަރަށް އުނދަގުލޭ. އެހެންވެ އަޅުގަނޑު މިދަންނަވަނީ ސީދާ ރައީސްގެ ގަޓެއް ނެތޭ މި މައްސަލާގައި އެކްޝަނެއް ގަންގަވަން - އެމްޕީ ފިރުޝާން

your imageމެންބަރު ފިރުޝާން…

ފިރުޝާން ވިދާޅުވީ އެމައްސަލަ ހައްލު ކުރުމަށްޓަކައި ތަފާތު މަސައްކަތްތައް މަޖިލީސްތެރެއިންނާއި މަޖިލީހުގެ ބޭރުން ކުރައްވާފައިވާ ކަމަށާއި އިގްތިސާދީ ކޮމިޓީއަށްވެސް އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ. 

އެހެންނަމަވެސް ރައީސް ސޯލިހުގެ 100 އިންސައްތަ ކޮންޓްރޯލު އޮންނަ އެކޮމިޓީގައި އެމައްސަލަ ބާއްވާފައިވަނީ ވިޔަފާރި ކުންފުނި ހޮރައިޒަން އިން ބުނާ ބުނުމެއްގެ މައްޗަށް ބަރޯސާވެ ކަމަށެވެ.

ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތެއްގަ އަޅުގަނޑު ދެކޭ ގޮތުގަ ރައްޔިތުން ބުނާ އެއްޗެއްގެ މައްޗަށް ބަރޯސާވާން ޖެހޭނީ އަނެއްކޮޅުން ރައީސް ސީދާ ވިދާޅުވި އެތަން އޮޕަރޭޝަނަށް ގެނެސްދެއްވާނަމޭ - ފިރުޝާން

ދެކުނުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްފުރި ޖާގައިގެ މައްސަލަ ޖެހެއެވެ. އަދި މަސް ކިރުމަށް ކޫއްޑޫއަށް އެކި ރަށް ރަށުން ދާން ޖެހުމުން އެ ދޯނިފަހަރުން ބޮޑު ހޭދައެއް އެކަމަށް ކުރަން ޖެހެއެވެ. 

ދާދިފަހުން މަސްކިރުމަށް ބޮޑު ބޯޓެއް ތިނަދޫ ބަނދަރުގައި ނުބާއްވައިގެން ތިނަދޫ މަސްވެރީން ވަނީ މުޒާހަރާ ކޮށްފައެވެ

ރައީސް މައުމޫނުގެ ފަހު ދައުރުގައި ފިޝަރީޒް މިނިސްޓްރީއާއި ހޮރައިޒަން ފިޝަރީޒްއާ ދެމެދު ހަދާފައިވާ އެގްރީމެންޓް ހަދާފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ބިމެއްގައެވެ. އޭރު އުސޫލު އޮންނަ ގޮތުން ރަށްރަށުގައި ހުންނަ ބިންތައް މިނިސްޓްރީއަށް ބޭނުން ވުމުން ނެގެއެވެ. 

އެހެންނަމަވެސް ފަހުން ލާމަރުކަޒީ ގާނޫނަށް އައިސްފައިވާ ބަދަލާއެކު ކައުންސިލްތަކުގެ އިހްތިސޯސް ވަނީ ކަނޑައަޅާފައެވެ. އަދި އެގޮތަށް މިނިސްޓްރީ ތަކަށް ދީފައިވާ ބިންތައް ކައުންސިލްތަކަށް ބަދަލު ކުރުމަށް ހަ ދުވަހުގެ މުއްދަތެއް ގާނޫނުން ވަނީ ދީފައެވެ. 

އެކަމަކު އެމަސައްކަތްވެސް އޭޖީން އެއޮތީ ނުކޮށް ބާއްވާފައި. ރަށްރަށުގެ ކައުންސިލްތަކުން އެބިންބިމަށް ޑިމާންޑް ކޮށްފާނެތީ - ފިރުޝާން

18 އަހަރު ވެފައިވާ ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތުގެ 85 އިންސައްތަ ވަނީ ނިމިފައެވެ. އެތަނުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުން މިހާރު ވަނީ އެތަން ދޫކޮށް ރަށުގެ އެހެން ވަޒީފާ ތަކަށް ބަދަލު ވެފައެވެ. 

ފިރުޝާން ވިދާޅުވީ މިމައްސަލާގައި ގާސިމްއާ ވެސް ބައްދަލު ކުރެއްވި ކަމަށާއި މަސައްކަތް ނުފެށެނީ ކިއްވެތޯ ސުވާލު ކުރުމުން އެތަން އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ހަމިލިޔަންޑޮލަރު ލިބުމުން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް