ads
ފޮޓޯ: ތެލެސީމިއާ ސެންޓަރު
ޑެސްފަރަލް ހުސްވެފައިވަނީ އުފައްދާ ފެކްޓަރީގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން: ހެލްތު
ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލްކުރުމަށް ގުޅާ ޑެސްފަރޯލް ރާއްޖެއިން ހުސްވެފައިވަނީ އުފައްދާ ފެކްޓަރީގެ މައްސަލައެއްގެ ސަބަބުން ކަމަށާއި މިމަހު 15 ގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިދިޔަމަހު ބޭހުގެ މުއްދަތު ހަމަވެފައިވާކަމަށްބުނެ ފޭސްބުކްގައި މީހަކު ވަނީ ނުރުހުންފާޅު ކޮށްފައެވެ. އަދި ޑެސްފަރޯލަކީ ލިބެން ޖެހޭ ބޭހަކަށް ވިޔަސް ނުލިބުމުން ނުގުޅާ ހުންނަންވީތޯވެސް ސުވާލު ކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު އައިމިނަތު ޝަތުފާ ޝަފީއު ވިދާޅުވީ އެބޭހުގެ ބަދަލުގައި ބޭނުންކުރާ ބޭސް ރާއްޖޭގައި މިހާރުވެސް ލިބެން އެބަހުރި ކަމަށާއި ބޭސްލިބުން ލަސްވެފައިވަނީ ފެކްޓަރީގެ މައްސަލައެއްގެ ސަބަބުން ކަމަށެވެ.

"ފެކްޓަރީ ޓެކްނިކަލް އެރާ އެއްގެ ސަބަބުން ލަސްވެފައި ވަނީ . ޖޫން 15 ގައި ލިބޭނެ" ޝަތުފާ

ފޭސްބުކްގައި ނުރުހުން ފާޅުކުރި މީހާ ބުނީ އިއްޔެ ރޭ އޭނާ ވަނީ ލޭ އަޅައިފައި ކަމަށާއި، އެކަމަކު ވީ އެންމެ އަވަހަށް ޑެސްފަރޯލް ބޭނުންވާ ކަމަށެވެ.

އޭނާ ވަނީ ބޭސް ލިބޭނެ ގޮތެއް އޮތްކަން އެނގޭތޯވެސް ޕޯސްޓުގައި ސުވާލުކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް