ads
ޖަޔާ އަދި އަމީތާބް ބަޗަން
އަމީތާބް އާއި ޖަޔާ ބައްޗަން ކައިވެންޏަށް 50 އަހަރު
އަމީތާބް އާއި ޖަޔާ ބައްޗަން ކައިވެންޏަށް 50 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މި ދެމަފިރިން ކައިވެނި ކުރީ 1973 ވަނަ އަހަރު އެވެ. ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަކީ އަބީޝެކް އާއި ޝްވެތާ އެވެ.

މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އަބިޝެކް ބައްޗަން ވަނީ ސޯޝަލް މީޑިއާގައި އޭނާގެ މައިންބަފައިންނަށް ލިޔެފައިވާ ޕޯސްޓެއް ވަނީ ހިއްސާކޮށްފައެވެ. 

އަބީޝެކް ލިޔެފައިވަނީ "ލޯބިވާ މައިންބަފައިންނަށް ގޯލްޑަން ޖުބިލީގެ ތަހުނިޔާ. 50 އަހަރުގެ ލޯތްބާއި އުފާވެރިކަން ގެނެސްދިނީތީ ޝުކުރިއްޔާ. އަހަރެންގެ ބާރަކީ ތީ. ބުނެދެވޭ ވަރަށް ވުރެ ބޮޑަށް އަހަރެން ތި ދެ މީހުންދެކެ ލޯބިވާ" ކަމަށެވެ.

ނަވްޔާ ނަންދާ، އަބީޝެކް އަދި އައިޝްވާރިޔާ ރާއީ ވެސް އެ ދެމަފިރިންގެ ފޮޓޯ ހިއްސާކޮށް ތަހުނިޔާ ކިޔާފައެވެ.  

އަމީތާބް ބައްޗަން ވަނީ އޭނާގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓްވިޓާގައި ޕޯސްޓެއް ވެސް ހިއްސާކޮށްފަ އެވެ. އޭނާ ލިޔެފައިވަނީ "50 އަހަރު އެކުގައި އުޅުނު. 50 އަހަރު ލޯތްބާއި އުފާ،" މިހެެނެވެ.

ޖަޔާ ބައްޗަން އާންމު ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރި ނަމަވެސް އާއިލާ އާއި ރައްޓެހިންނާ އެކު މުނާސަބަތު ފާހަގަ ކުރަމުން ދިޔަތަން ފެނިފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ދެމަފިރިން ވަނީ މުމްބާއީގައި ހުންނަ އެމީހުންގެ ގޭގައި ކުޑަ ހަފްލާއެއް ވެސް ބާއްވާފައެވެ.

އަމީތާބް އާއި ޖަޔާ ބައްޗަން އަކީ އިންޑިއާގައި އެންމެ އިހުތިރާމް ކުރާ އަދި އެންމެ ގިނަބަޔަކު ގަޔާވާ އެއް ދެމަފިރިންނެވެ. އެތައް އަހަރެއް ވަންދެން އެކުގައި ގިނަ ކަންތައްތަކެއް ތަހައްމަލު ކުރި ނަމަވެސް އެކަކު އަނެކަކަށް ކުރާ ލޯބި އިތުރަށް ވަރުގަދަވެގެން ދިޔަކަން ފާހަކަކުރެވެއެވެ. ކައިވެނީގެ 50 އަހަރު ފުރުމަކީ އެދެމީހުންގެ ވަރުގަދަ ގުޅުމުގެ ހެއްކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް