
ތައިލެންޑުގައި މި މުބާރާތް ކުރިއަށް ދިޔައީ ހުކުރު ދުވަހުން ފެށިގެންނެވެ. ތައިލެންޑު އިންޓަނޭޝަނަލް ޔޫތު ކަޕްގެ ނަމުގައި ކުރިއަށް ދިޔަ މުބާރާތުގައި ޖުމުލަ 16 އެކަޑަމީއެއް ވަނީ ވާދަކޮށްފަ އެވެ.
ރާއްޖޭގެ ކުލަބު ވެލެންސިއާގެ 10 އަހަރުން ދަށުގެ ޓީމު މި މުބާރާތުގައި ހިމެނުނު ގްރޫޕްގައި ދެން އޮތީ، ހޮންގްކޮންގްގެ އެކަޑަމީއަކާއި، ސިންގަޕޫރުގެ އެކަޑަމީއެއްގެ އިތުރުން ތައިލެންޑުގެ ދެ އެކަޑަމީ އެވެ. މި ގްރޫޕުން ވެލެންސިއާ އަށް ހަތަރު ވަނަ ލިބުނު މެޗު ކުޅެން ޖެހުނީ، ޕްލޭޓް ކެޓަގަރީގަ އެވެ.
ޕްލޭޓް ކެޓަގަރީގައި ވާދަކޮށް ވެލެންސިއާ ވަނީ ފައިނަލްގައި ކުޅެފަ އެވެ. ފައިނަލްގައި 1-0 އިން ބަލިވެ، ވެލެންސިއާ އަށް ވަނީ ރިހި މެޑަލް ލިބިފަ އެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވަނީ އެހެން ޤައުމުތަކުގެ އެކަޑަމީ ވެސް ބައިވެރިވެފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ޤައުމުތަކުގެ ތެރޭގައި، ޖަޕާން، ޗައިނާ، ހޮންގްކޮންގް، ތައިލެންޑު، ސިންގަޕޫރު، މެލޭޝިޔާ އަދި އިންޑޮނީޝިއާ ހިމެނެ އެވެ.