ads
ކަލާފާނު ސްކޫލް ޓީމު
ކަލާފާނާއި މަޖީދިއްޔާ ސްކޫލް ސެމީ ފައިނަލަށް
މިހާރު ކުރިއަށްދާ 13 އަހަރުން ދަށުގެ އެފްއޭއެމް އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް 2022-23 ގެ ސެމީ ފައިނަލަށް ކަލާފާނު ސްކޫލާއި މަޖީދިއްޔާ ސްކޫލް ދަތުރުކޮށްފިއެވެ.
Advertisement

ކަލާފާން ސްކޫލުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި އިސްކަންދަރު ސްކޫލުގެ މައްޗަށް ފަސޭހާ މޮޅެއް ހޯދައިގެންނެވެ. މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. 

މި މެޗުގައި ކަލާފާނު ސްކޫލްގެ އީހަން އިބްރާހިމް ވަނީ ތިން ލަނޑުޖަހާ ހެޓްރިކް ހަދާފައެވެ. އީހަންގެ އިތުރުން، އެޓީމުގެ ލަނޑުތައް ޖަހައިދިނީ ހުސައިން އިލްހާމް އާއި މުހައްމަދު ވިފާގްއެވެ. އިލްހާމް ދެލަނޑު ޖެހިއެވެ. 

ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މަޖީދިއްޔާ ސްކޫލާއި މުހްޔިއްދީން ސްކޫލެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ން މަޖީދިއްޔާ ސްކޫލް ކުރީގައި އޮވެގެންނެވެ. މަޖީދިއްޔާއަށް ލީޑު ނަގައިދިނީ ޝާދިން އަބްދުއްރައްޒާގެވެ. ނަމަވެސް ދެވަނަ ހާފުގައި މުހްޔިއްދީން ސްކޫލުގެ ޔޫސުފް ޒުހައިލް ވަނީ ލަނޑެއްޖަހާ ނަތީޖާ އެއްވަރު ކޮށްދީފައެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރު ވެގެންނެވެ. މަޖީދިއްޔާ ސްކޫލުން ސެމީގެ ޖާގަ ކަށަވަރުކުރީ ޕެނަލްޓީގައި 3-2 ން ކުރިހޯދައިގެންނެވެ. 

ކުއާޓާ ފައިނަލުގެ ބާކީ ދެމެޗު ކުޅޭނީ މާދަމާއެވެ. މާދަމާ ހަވީރު 15:30 ގައި އޮންނާނީ ގުރައިދޫ ސްކޫލާއި މާފުށި ސްކޫލް ބައްދަލުކުރާ މެޗެވެ. އޭގެ ފަހުން، 17:00 ގައި ބައްދަލުކުރާނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް