އިންޑިއާގެ ކަރްނާޓަކާ ސްޓޭޓް ސަރުކާރުން ބުނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ ސްޓޭޓްގައި އައިފޯން އުފައްދަން ފަށާނެ ކަމަށެވެ. އެގޮތުން އެކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން އެކަމަށް ބޭނުންވާ ފެކްޓްރީ އަޅާނެ ބިން ހަމަޖެއްސުމާއެކު ފްކެޓްރީގެ މަސައްކަތްތައް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށެވެ.
ފެކްޓްރީ އެޅުމަށް ނިންމާފައިވަނީ ބެންގަލޫރުގެ ރަށްބޭރުގެ ސަރަހައްދެއްގައެވެ. މި ފްކެޓްރީއާއެކު ބައި ލައްކަ ވަޒީފާ އުފެދިގެން ދާނެއެވެ.
އަހަރަކު 20 މިލިއަން ފޯނު އުފެއްދުމުގެ އަމާޒާއެކު ފަށާ މި މަޝްރޫއުގެ އަގަކީ 1.5 ބިލިއަން ޑޮލަރެވެ.