ads
ޝާހިދު ކަޕޫރު އަދި އާނާގެ ބައްޕަ ޕަންކާޖް ކަޕޫރު
ބައްޕައަކީ ވަރަށް ފޮނި މީހެއް، އަހަރެން މާ ފޮނިވާނެ: ޝާހިދު
ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރަށް އެހާ ގިނަ ފުރުސަތު ލިބުނީ އެނާގެ ބައްޕަގެ ސަބަބުން ސުވާލުކުރުމުން އެނާ ހިތްހަމަ ނުޖެހިއްޖެއެވެ.

ޝާހިދު ކަޕޫރު ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ ބައްޕަ ޕަންކާޖް ކަޕޫރުގެ ސަބަބުން އިންޑަސްޓްރީގައި އޭނާއަށް ކުރިއެރުން ލިބުނު ކަމަށް ހީކުރާ މީހުންނަށް ރައްދު ދީފަ އެވެ.

އޭނާ ބުނީ "ބައްޕައަކީ ފޮނި މީހެއް ކަމަށާއި ދުވަހަކުވެސް އޭނާގެ ކެރިއަރުގައި އެހީތެރިވެދީފައި ނުވާ ކަމަށް. ހުދު އޭނާ ވެސް މާ ބޮޑަށް ފޮނި މީހެއް ކަމަށާއި ބައްޕަގެ ހުޔަ ނީގައި ކުރިއެރުމަކީ އެދޭކަމެއް ނޫން،" ކަމަށެވެ.

 

ބުރަކޮށް މަސައްކަތް ކުރަމުން އަންނަތާ 20 އަހަރު ވެފައިވާ ކަމަށާއި މިއަދު ހުރި ހިސާބަށް ދިއުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާއަކީ "ނެޕޮޓިޒަމްގެ" (އާއިލާ މީހުންނަށް ނާޖާއިޒު މަންފާހޯދުން) އުފެއްދުމެއް ނޫން ކަމަށާއި އޭނާގެ ކާމިޔާބީ ހޯދީ އަމިއްލައަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ޕަންކާޖް ކަޕޫރަކީ ކާކު؟ 

ޕަންކާޖް ކަޕޫރަކީ ހިންދީ ތިއޭޓަރ، ޓީވީ، އަދި ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ އެކްޓަރެކެވެ. އޭނާ ވަނީ ޓީވީގެ ބައެއް ސިލްސިލާތަކާއި ފިލްމުތަކުން ފެނިގެން ގޮސްފައެވެ. އޭނާ އަކީ ފިލްމްފެއާ އެވޯޑަކާއި ގައުމީ ފިލްމީ ތިން އެވޯޑެއް ހިމެނޭ ގޮތަށް އެތައް އެވޯޑެއް ލިބިވަޑައިގެންފައިވާ މޮޅު ފަންނާނެކެވެ. 

މިހާތަނަށް އޭނާ އެންމެ ބޮޑަށް ތައުރީފުކޮށްފައިވާ ފިލްމީ ރޯލުތަކުގެ ތެރޭގައި "އިންސްޕެކްޓާ ޕީ.ކޭ. ރާކް" (1989)،، "އެކް ޑޮކްޓާ ކީ މައުތް" (1991)، އަދި  "ޑރ. މަޤްބޫލް" (2004) ފާހަގަކޮށްލެވެއެވެ. 

އޭނާ އަކީ އިންޑިއާގެ ސިނަމާގެ އެންމެ މޮޅު އެއް އެކްޓަރުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ފަންނާނެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް