
ސަނީ ލިއޯން މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، އޭނާ އަންނަނީ އޭނާގެ ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އެ ތަސްވީރުތަކުން ފެންނަނީ ސަނީ ލިއޮން "އަވި، ވެލި، އަދި ކަނޑުގެ އުފާ" ހޯދަމުން އަންނަތަނެވެ.
ރާއްޖޭގެ އާސާރީ މިސްކިތަކަށް ވެސް ސަނީ ލިއޯން ޒިއާރަތްކޮށް އެތަން ބަލާލަފައިވާކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ލިއޯނީ އޭނާގެ ދަތުރު އިންސްޓަގްރާމް އެކައުންޓުގައި ޑޮކިއުމެންޓް ކުރަމުން އަންނައިރު އޭނާގެ ފޭނުން ވެސް އަންނަނީ ވަރަށް ބޮޑަށް އޭނާގެ ފޮޓޯތަކަށް ތައުރީފުކުރަމުންނެވެ.
ރާއްޖެއަކީ ވަރަށް ކަމުދާތަނެއްކަމަށް މީގެ ކުރިން ވެސް ސަނީ ލިއީން ވަނީ ބުނެފައެވެ.
ސަނީލިއޯން ކުޅެފައިވާ ބޮލީވުޑުގެ ބައެއް ފިލްމުތައް:
ކުޗް ކުޗް ލޯޗާ ހޭ (2015)
އެއް ޕަހެލީ ލީލާ (2015)
ރާގިނީ އެމްއެމްއެސް 2 (2014)
ޖެކްޕޮޓް (2013)
މަސްތުޒާޑޭ (2016)
ވަން ނައިޓް ސްޓޭންޑް (2016)
އަރްޖުން ޕަޓިއާލާ (2019)
ޖޫތާ ކަހީން ކާ (2019)
މޮޓިޗޫރު ޗަކްނަޗޫރު (2019)
ޝިރޯ (2021)
ބީމާ ކޮރެގައޮންގެ ހަނގުރާމަ (2022)
ކޯޓޭޝަން ގޭންގް (2023)
ސަނީލިއޯން ކުޅެފައިވާ ހޮލީވުޑުގެ ބައެއް ފިލްމުތައް:
މީޑިއަލް މެން (2009)
ދަ ވާޖިނިޓީ ހިޓް (2010)
އެމެރިކަން ރީޔޫނިއަން (2012)
ވިލީސް ވަންޑަރލޭންޑް (2021)