ads
ނަބީހާ، މިފަހަރުގެ މުބާރާތުގެ ތެރެއިން. ފޮޓޯ: އަދަދު
ރާއްޖޭގެ ނަބީ، ޝުބާ އަދި ރިޝްވާން މުބާރާތް ފެށީ މޮޅަކުން
މިހާރު ކުރިއަށްދާ ލި-ނިންގް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2023 ގައި ރާއްޖޭގެ ނަބީހާ އަބްދުއްރައްޒާގް، ޝުބާ މުހައްމަދު ޝަރީފު އަދި ރިޝްވާން ޝިޔާމްގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.
Advertisement

މެންސް ސިންގަލްސް ކޮލިފިކޭޝަން ރައުންޑުގައި ސްރީ ލަންކާގެ ޗަމަތު ޑިއާސް އާއި ވާދަކޮށް، ރާއްޖޭގެ ރިޝްވާން ކުރި ހޯދީ 2-0 ންނެވެ. މި މެޗުގެ ސެޓުތައް ރިޝްވާން ކާމިޔާބުކުރީ 21-11 އަދި 21-19 ންނެވެ. 

ކޮލިފިކޭޝަން މެޗުތަކުން ރާއްޖޭގެ ސާލިމް، މާއިލު، އަޒްހަރު އަދި ތާއިފް ބަލިވުމުން، މުބާރާތުގެ މެއިން ޑްރޯއިން ޖާގަ ލިބޭ ގޮތެއް ނުވިއެވެ. 

އަންހެން ޑިވިޝަންގެ ވިމެންސް ސިންގަލްސްގެ ފުރަތަމަ ރައުންޑުގައި ރާއްޖޭގެ ނަބީހާ ވަނީ އިންޑިއާގެ އަކްޝަޔާ އަރުމުގާމް އާއި ވާދަކޮށް 2-0 ން މޮޅުވެފައެވެ. މެޗުގެ ސެޓުތައް ނަބީހާ ކާމިޔާބުކުރީ 21-14 އަދި 21-13 ންނެވެ. ޝުބާ، ދެވަނަ ބުރަށް ދަތުރުކުރީ އިންޑިއާގެ ވިޖޭތާ ހާރިޝް މެޗު ދޫކޮށްލުމުންނެވެ. 

އަންހެން ސިންގަލްސްގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ޝަހުރުނާޒް، ނީލާ އަދި ނަބާހާއަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ. 

ޖުމްލަ 33 ގައުމަކުން 303 ކުޅުންތެރިން ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތް ކުރިއަށް ދަނީ މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައެވެ. 

މިއީ ރާއްޖޭގައި މިއަހަރު ބާއްވާ ހަތަރުވަނަ ބައިނަލްއަގްވާމީ މުބާރާތެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް