ads
ލަމްހާ އަބްދުއްރަހްމާން
ލަމްހާ އެދުނު ލުއި ނުދޭން ޝަރީއަތުން ނިންމައިފި
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާލިބޭ ހަލީމަތު ލަމްހާގެ ބަންދަށް ލުޔެއް ނުދޭން ޝަރިއަތުން މިއަދު ކަނޑައަޅައިފިއެވެ.
Advertisement

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރަމުންދާއިރު، ލަމްހާ ހުރި ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ. އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އެދިފައިވާ އެދުމާ ގުޅޭ ގޮތުން ޝަރީއަތުން މިއަދު ނިންމީ ލަމްހާގެ ބަންދަށް ލުޔެއް ނުދޭށެވެ.

މި މަރުގެ މައްސަލައިގައި، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މި ދުވަސްވަރު ގެންދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. ހެކިބަސް ނަގައި ނިންމުމަށް ފަހު، ލަމްހާ 100 ދުވަހަށް ބަންދުން ދޫކޮށްދިނުމަށް އޭނާގެ ވަކީލުން އެދުނެވެ. ނަމަވެސް, ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރަން ގާޒީ ކުރިން ނިންމެވި ނިންމެވުން ނިންމެވި ސަބަބު އަދިވެސް ވުޖޫދުގައި އެބަ އޮތް ކަމަށް ބަންދަށް ލުޔެއް ނުދިނެވެ.

ލަމްހާގެ މައްޗަށް މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާގެ އަދި ހުއްދަ ނޫން އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދައުވާތަކެއް އޭނާގެ މައްޗަށް ކުރެ އެވެ. މި މައްސަލައިގައި މޭރީގެ ފިރިމީހާގެ މައްޗަށްވެސް މޭރީ މަރާލިކަމުގެ ދައުވާ ކުރެއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާގެ ބަންދަށް ލުޔެއް ދޭން އޭނާގެ ފަރާތުން ކުރިން އެދިފައިވާތީ ބަންދަށް ލުއި ދިނުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އޮތީ ވިދާޅުވެފަ އެވެ.

80%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް