ads
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
އިސްލާހުތަކާއި އެކު އިންކަމް ޓެކްސް ގަވާއިދު ގެޒެޓުކޮށްފި
އިންކަމް ޓެކްސް ނުވަތަ އާމްދަނީން ނެގޭ ޓެކްސްގެ ގާނޫނުގެ ދަށުން، އިންކަމް ޓެކްސް ނެގޭ ގަވައިދު އިސްލާހުތަކާއި އެކު ގެޒެޓުކޮށްފި އެވެ.

މި ގަވައިދު އަލުން ގެޒެޓު ކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު އާންމު ކުރި ގަވާއިދުގައި ހުރި ބައެއް ބައިތަކާއި ކަންކަށް އިތުރަށް ފުރިހަމަކޮށް އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމަށް ފަހު އެވެ. އަލަށް ގެޒެޓު ކުރެވުނު ގަވައިދުގައި އިންކަމް ޓެކްސް ގާނޫނުގައި ހިމެނޭ ކަންކަމުގެ ތެރެއިން އިތުރު ބައިތައް ވަނީ ހިމަނަފާ އެވެ.

ގަވައިދުތައް އެކުލަވާލުމަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ އިން ބުނެފައިވާއިރު، ގަވާއިދުގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު ތަންފީޒު ކުރުމަށް އަމަލު ކުރާނެ އަސާސްތައް ކަނޑައަޅާފައިވެ އެވެ.

މިރާއިން އިންކަމް ޓެކްސް ގަވައިދުގެ ދެލި ކޮޕީއެއް އާންމުގެ ހިޔާލު ހޯދުމަށް ހުށައަޅުމުން ގިނަ ބައެއްގެ ހިޔާލު ލިބިގެން ދިޔަކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ގަވައިދު ގެޒެޓު ކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ތެރެއިން 27 ފަރާތަކާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކޮސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް މީރާ އިން ބުނެ އެވެ.

އިންކަމް ޓެކްސް ތަންފީޒު ކުރުމަށް މީރާ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އާންމުންނަށް މައުލޫމާތު ދިނުމުގެ ގިނަ ސެޝަންތަކެއް މީރާ އިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި 700 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައި ވާކަމަށް މިރާ އިން ބުނެ އެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާފައި ވާއިރު، އިންކަމް ޓެކްސް އަކީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ދައުލަތުން ނަގަން ނިންމި ޓެކުހެކެވެ. މިއަހަރުގެ ބަޖެޓު އެކުލަވާލި އިރު އިންކަމް ޓެކްސް އިން ދައުލަތަށް 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް