ads
އާލިޔާ
އާލިޔާ މާ ކުޑައިރު މީހަކާ އިންނަން އުޅޭކަމަށް ބުނެ ފާޑުކިއުން
އަނޫރާގް ކަޝްޔަޕްގެ އަންހެން ދަރިފުޅު އާލިޔާ މާ ކުޑައިރު މީހަކާ އިންނަން އުޅޭކަމަށް ބުނެ ފާޑުކިއުން ބޮޑުވެއްޖެއެވެ.

އާލިޔާ ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި އުމުރުން 22 އަހަރުގައި އެންގޭޖް ވުމުން "ގިނަބައެއްގެ ނަފްރަތު ދަނީ ލިބެމުން" ނެވެ. 

"ބޮލީވުޑް ލައިފް" އަށް ދިން އިންޓަވިއުއެއްގައި އާލިޔާ ބުނީ އުމުރުން 20 އަހަރުގެ ކޮންމެ ކުއްޖަކު އެންގޭޖްވާން ރެކޮމެންޑް ނުކުރާ ކަމަށެވެ. ނަމަވެސް އެއީ އޭނާއަށް ރަނގަޅު ނިންމުމެއް ކަމަށެވެ. އޭނާ ބުނީ އޭނާ އާއި އޭނާގެ ލޯބިވެރިއާ ޝޭން އެކުގައި އުޅޭތާ ހަތަރު އަހަރު ވެފައިވާ ކަމަށާއި އެކުގައި ވަރަށް އުފާވާ ކަމަށެވެ. އަދި އުމުރުން 28 އަހަރުގެ ޝޭންއާ ދެމެދު އުމުރުފުރާގެ ފަރަގު އޮތުމުން ކަންބޮޑުނުވާ ކަމަށް ވެސް އާލިޔާ ބުންޏެވެ. އެދެމީހުންނަކީ ވެސް "މެޗުއާ އަދި އެދެމީހުންގެ ގުޅުމާ ބެހޭ ގޮތުން އެއް ޕޭޖެއްގައި ތިބި ދެމީހުން" ކަމަށް ވެސް އޭނާ ބުންޏެވެ.

އާލިޔާގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބަހުސްތަކެއް ފަށާފައިވާއިރު، އޭނާ އެންގޭޖްވާން ނިންމުމަށް ބައެއް މީހުން ތާއީދުކުރާއިރު އަނެއް ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. 22 އަހަރަކީ ކައިވެންޏަށް މާ ކުޑަ އުމުރެއް ކަމަށް ބައެއް މީހުން ބުނާއިރު، އަނެއް ބަޔަކު ބުނެފައި ވަނީ އެއީ އަމިއްލަ ނިންމުމެއް ކަމަށާއި އާލިޔާ ބޭނުން ކަމެއް ކުރަން މިނިވަން ވާން ޖެހޭ ކަމަށެވެ.

އާލިޔާއަކީ ޒުވާން އުމުރުގައި އެންގޭޖްވި ފުރަތަމަ ސެލެބްރިޓީއެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި 20 އަހަރުގެ ކުރީކޮޅު އެންގޭޖްވެ ނުވަތަ ކައިވެނިކޮށްގެން އުޅޭ އެހެން ގިނަ އަދަދެއްގެ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި މައިލީ ސައިރަސް، ޖަސްޓިން ބީބާ، އަދި ޕްރިޔަންކާ ޗޯޕްރާ ހިމެނެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް