ނަމަވެސް އޭނާގެ އެ ތަގުރީރުގައި ދެއްކި ވާހަކަ ތަކުން އޭނާގެ ސަޕޯޓަރުންނާއި ގިނަބައެއްގެ ފާޑުކިއުން ވަނީ އެނާއަށް އަމާޒުވެފައެވެ.
އާލިއާ ބަޓް ބުނެފައިވަނީ އަންހެނުން ބާރުވެރިވެ އުފެއްދުންތެރި ނަމަ ގޭގައި، ދަރިންނަށް، މުޖުތަމައަށް، އަދި ގައުމަށް އުފެއްދުންތެރި ވާނެ ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކު ބުނަނީ އޭނާގެ ވާހަކަފުޅު މާ އޮޅުން ބޮޅުން ބޮޑު ކަމަށާއި ޖެންޑާ އިންއިކުއަލިޓީ (މިންތީގެ ހަމަހަމަކަމުގެ) މައްސަލައަށް އެއްވެސް ކޮންކްރީޓް ހައްލެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އާލިއާ ބަޓްގެ ތަގުރީރު އަޑު އިވުނީ ސްކްރިޕްޓަކުން ކިޔަވާހެން ކަމަށާއި، އެކަމުގެ ސަބަބުން އެއީ އާލިއާ ބަޓް އިހްލާސްތެރިކަމެއް ނެތި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވެސް ބައެއް މީހުން ފާހަގަކުރި އެވެ.