ads
ދެމެހެއްޓެނިވި ގޮތެއްގައި މަހުގެ އުފެއްދުންތައް ގަނެވިއްކުމާ ބެހޭގޮތުން ރާއްޖެ އާއި ކިރިބާސް އާ ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން
މަހުގެ އުފެއްދުންތައް ގަނެވިއްކުމާ ބެހޭގޮތުން ކިރިބާސް އާ މަޝްވަރާކޮށްފި
ދެމެހެއްޓެނިވި ގޮތެއްގައި މަހުގެ އުފެއްދުންތައް ގަނެވިއްކުމާ ބެހޭގޮތުން ރާއްޖެ އާއި ކިރިބާސް އާ ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
Advertisement

ރާއްޖެ އާއި ކިރިބާސް އަދި ކޮމަންވެލްތު ބްލޫ ޗާޓަރާ ގުޅިގެން "ސަސްޓެއިނަބަލް ސޯސިން އިން ދަ ޓްރޭޑް އޮފް ފިޝް ޕްރޮޑަކްޓްސް: ކޮމަންވެލްތު ސިޑްސް ލީޑިން ދަ ވޭ" ނަމުގައި ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ކޮމަންވެލްތުގައި ހިމެނޭ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށްގެން މަސްވެރިކަމުގެ ވިޔަފާރީގައި ދެމެހެއްޓެނިވި ގޮތެއްގައި މަސް ބާނާނެ ގޮތްތަކާ ބެހޭގޮތުން ވަނީ ހިޔާލު ބަދަލުކޮށްފައެވެ.

މަޝްވަރާ ބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލަންޑް ވަނީ ދެމެހެއްޓެނިވި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް މިފަދަ ބައްދަލުވުމެއްގެ މުހިންމުކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން ބައިވެރިންގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށާއި މަސްވެރިކަމުގެ ދާއިރާގައި ޒިންމާދާރު އަދި ތިމާވެއްޓާ ރައްޓެހި އާދަތައް ކުރިއެރުވުމަށްޓަކައި މިފަދަ ބައްދަލުވުންތަކުގެ މުހިންުމުކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގެ މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހްނާޒް ފައިސަލެވެ. 

މި ބައްދަލުވުމުގައި ކިރިބާސްގެ މިނިސްޓަ އޮފް ޓޫރިޒަމް، ކޮމާސް އިންޑަސްޓްރީ އެންޑް ކޯޕަރޭޓިވްސް، ބޫޓީ ނައުއަން އާއި ރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނާއިބު، ރިޔާޒް މަންސޫރާއި މެރީން ސްޓްވާޑްޝިޕް ކައުންސިލުގެ ހެޑް އޮފް ސައިންސް އެންޑް ސްޓޭންޑާޑްސް، ޑރ. ރޯހާން ކަރީގެ އިތުރުން ކޮމަންވެލްތު ސެކްރިޓޭރިއޭޓްގެ އެޑްވައިޒަ، އެގްރިކަލްޗަ އެންޑް ފިޝަރީޒް ޓްރޭޑް ޕޮލިސީ، ޑރ. ބެންޖަމިން ކްވާސީ އައްޑޮމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަންނެލި މަސްވެރިކަމަށް އެކަށޭނެ މާހައުލެއް ގާއިމުކުރުމާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްވެރިކަމުގެ ސިނާއަތްތައް ބަލައިގަތުމުގަ އާއި އެ ސިނާއަތްތަކަށް ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ކަމުގެ ސެޓްފިކެޓުތައް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އޭގެ އިތުރުން މަސްވެރިކަމުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތެއްގައި ގަނެވިއްކުމަށް ބާރުއެޅުމަށްޓަކައި ޑިޖިޓަލް ޑިވައިޑް ކުޑަކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް