ads
މުންތަގިމް މުބާރާތް އިންސާފު ކުރުމަށް ކޮރެއާއަށް ދިއުން
އޭޝިޔާގެ އެތުލެޓިކްސް މުބާރާތް އިންސާފު ކުރުމަށް މުންތަގިމް ސައުތު ކޮރެއާގައި
ސައުތު ކޮރެއާގައި ކުރިއަށް ދިޔަ އޭޝިޔަން އެތުލެޓިކްސް މުބާރާތުގެ 20 އަހަރުން ދަށުގެ އިވެންޓުގައި ރާއްޖޭގެ އަހުމަދު މުންތަގިމް ރެފްރީކަންކޮށްފިއެވެ.
Advertisement
މުންތަގިމްއަކީ ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީއެވެ. މުންތަގިމް އިންސާފުކުރި އިވެންޓުތަކުގެ ތެރޭގައި ވިމެން ލޯންގް ޖަމްޕް، މެން ޓްރިޕްލް ޖަމްޕް، ވިމެން ޝޮޓްޕުޓް އަދި މެން ހެމާ ތުރޯ ހިމެނެއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ ހަތަރަކުން މިއަދުގެ ނިޔަލަށެވެ.
ރާއްޖޭގައި، އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް ދޭއްގެ ރެފްރީ ފާސް އޮންނަ ހަމައެކަނި ފަރާތަކީ މުންތަގިމެވެ. 

މީގެ އިތުރުންވެސް މުންތަގިމް ވަނީ ގިނަ އިންޓަނޭޝަނަލް މުބާރާތްތަކެއް އިންސާފު ކޮށްފައެވެ. އޭގެ ތެރޭގައި އޭޝިއަން ޖޫނިއާ މުބާރާތް، އޭޝިޔަން ޔޫތު މުބާރާތް، އޭޝިޔަން ކްރޮސް ކަންޓްރީ މުބާރާތް އަދި ސައުތު އީސްޓް އޭޝިޔަން ގޭމްސްގެ އިތުރުން ސައުތު އޭޝިޔަން ގޭމްސް އާއި ޑާކާ މެރަތަން ހިމެނެއެވެ.

އައްޑޫ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި 1996 ވަނަ އަހަރު އެންމެ ފުރަތަމަ އޮފިޝަލްކަން ކުރަން ފެށި މުންތަގިމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެތުލެޓިކްސް ރެފްރީއެވެ. ސްޕޯޓްސް ޑިވިޝަނުގައި 1995 ވަނަ އަހަރު ވަޒީފާ އަދާކުރަން ފަށައި، 1999 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގައި މަސައްކަތްކުރަމުން އަންނައިރު، އޭނާ އަކީ 2008 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް