ads
ޏ. ފުވައްމުލައް، މުހައްމަދު އަންސާމް އިބްރާހީމް
ފުލުހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހޯދަނީ
ހުޅުމާލޭގައި ގުރޫޕަކުން މިދިޔަ މަހު ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި އިތުރު މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

މިމައްސާލާގައި ފުލުހުވަނީ މީގެކުރިން ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހޯދަމުންދަނީ ދަޑިމަގު. ބޭރެފީށި، ޏ. ފުވައްމުލައް، މުހައްމަދު އަންސާމް އިބްރާހީމް، 23 ކަމަށެވެ.

ފުލުސް މީހާއަށް ހަމަލާދިނުމުގެ އިތުރުން އޭނާގެ މަސްތުވާތަކެތީގެ މައްސަލައެއް ވެސް ބަލަމުންދާ ކަމަށާއި އެ ދެ މައްސަލާގައި އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ މަހު 21 ވަނަ ދުވަހުގެ ރޭ ފުލުހަކަށް ހަމަލާދިން މައްސަލާގައި އެރޭ ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް