އީރާނުގެ އެއިރޯސްޕޭސް އިންޑަސްޓްރީން އުފައްދާފައިވާ މި ސައިލަށް ދީފައިވާ ނަމަކީ "ފައްތާހް" އެވެ. މިއީ އަޑަށް ވުރެ ހަތް ގުނަ ބާރަށް ދަތުރުކުރާ މިސައިލެކެވެ.
އީރާންގެ އަސްކަރިއްޔާއިން ބުނީ "ފައްތާހް" 1500 ކިލޯ މީޓަރުގެ ރާސްތާއަކަށް ދަތުރުކުރާނެ ކަމަށެވެ.
މިސައިލް އީރާނުން ދައްކާލާފައިވާއިރު އެގަމުގެ އަސްކަރީ އޮޕަރޭޝަންތަކުގައި މި މިސައިލް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރާނެކަމަށް އީރާނުން ބުނެއެވެ. އީރާން ވެގެން ގޮސްފައި މިވަނީ ހައިޕަސޮނިކް މިސައިލް އުފެއްދި ހަތަރުވަނަ ގައުމަށެވެ.
ހައިޕަސޮނިކް މިސައިން މިހާރުހުރީ އެމެރިކާއާއި ރަޝިއާ އަދި ޗައިނާގައެވެ.