އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ނިމުނު މޭ މަހު އަރިދަފުސް ރޯގާ ޖެހިފައިވަނީ 21327 މީހުން ކަމަށާއި އެހެންނަމަވެސް އެޕްރީލްމަހު އެއަދަދު ހުރީ 29970 ގައި ކަމަށެވެ. މިއީ 8643 މީހުން މަދު އަދަދެކެވެ.
އޭގެ އިތުރުން އެ އިދާރާގެ ހިސާބުތައް ދައްކާ ގޮތުން މޭމަހު ޑެންގީ ހުން ޖެހިފައިވަނީ 263 މީހުން ކަމަށާއި އެހެންނަމަވެސް އެޕްރީލްމަހު 320 މީހުން މިބަލި ޖެހިފައިވާ ކަމަށެވެ.
އަދި ބޭރަށްހިންގުން 2778 މީހުންނަށް މޭމަހު ޖެހިފައިވާއިރު، އެޕްރީމް މަހު ބޭރަށް ހިންގި މީހުންގެ އަދަދަކީ 3023 ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ 245 މަދު އަދަދެކެވެ.
އަދަދުތައް ދަށްވެފައި ހުރި ކަމުގައިވިޔަސް ގައިންގަޔަށް އަރާ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.