ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ހިޔާލުތަކުން ބުނަނީ ރަންބީރާއި އާއިލާ އެފަދަ ހިންދޫ ދީނުގެ ފިލްމެއްގައި ހިމެނުން އެއީ ކުރެވޭ މަލާމާތެއް ކަމަށެވެ.
ސަބަބަކީ އެ ފިލްމުގައި އާލިއާ އާއާއި ރަންބީރު ކުޅެނީ ހުންދޫ ދީނުގެ ދެ ކަންލާގޭގެ ރޯލު ކަމަށް ވާތީއެވެ. އަދި އެ ފިލްމުގައި ވެސް އެ ދެ މީހުން އުޅެނީ ކައިވެނިކޮށްގެނެވެ.
"މިއީ މަލާމާތުގެ ކަމެއް. ކަޕޫރާއި އާލިއާ ބަޓް އަކީ ރާމާ އާއި ސީތާގެ ރޯލުތަކަށް އެންމެ ރަނގަޅު ފިޓް ދެމީހުން ނޫން،" ހިތްހަމަނުޖެހިގެން ކޮމެންޓު ކުރި މީހަކު ބުނެފައިވެއެވެ.
ކާސްޓިންގެ ވާހަކަތަކާ ގުޅޭ ގޮތުން ޓިވާރީ އަދި އެއްޗެއް ނުބުނެ އެވެ. ކާސްޓިންގެ އަޑުތައް ޓިވާރީ ދޮގުކުރުން ވެސް އެކަށީގެންވެއެވެ.
ނަމަވެސް މީގެކުރިން ވެސް ރަންބީރާއި އާލިއާ ބަޓް ވަނީ ކަރަންޖޯހަރުގެ "ބްރަޙްމާސްޓްރާ" ކިޔާ މިފަދަ ފިލްމެއް ކުޅެފައެވެ.