ads
ތޫފާނު ބިޕާޖޯއީ މިހާރު އޮތް ހިސާބު ދައްކުވައިދޭ ފޮޓޯއެއް
ތޫފާނު ބިޕާޖޯއީ ގެ މިސްރާބު ބަދަލުވިނަމަވެސް، ރާއްޖެއަށް އަސަރުކުރާނެ: ރިޕޯޓު
އިންޑިއާއަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް ބެލެވުނު ބާރުގަދަ ތޫފާނު ސައިކްލޯން ބިޕޯޖޯއީގެ މިސްރާބު ބަދަލުކޮށް މިހާރު މިސްރާބު ޖަހާފައިވަނީ ގަލްފް އޮފް އޮމާންއާ ދިމާލަށްކަމަށް މޫސުމާބެހޭ އިދާރާތަކުން ބުނެފިއެވެ.
Advertisement

މާނައަކީ އިންޑިއާ މިހާރު އޮތީ ތޫފާނުގެ މަގުގައި ނޫން ކަމަށާއި އެހެންކަމުން އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

އިންޑިއާއަށް ނޭރި ނަމަވެސް އެ ތޫފާނާއި ގުޅިފައިވާ ވިލާތައް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ބައެެއް ސަރަހައްދުތަކުގައި ދައުރުވަމުން ދާ މަންޒަރު މިއަދުގެ ސެޓްލައިޓް ފޮޓޯތަކުން ވަނީ ފެނިފައެވެ.

އިންޑިއާއަށް މި ތޫފާނުގެ އަސަރު ކުރިން ހީކުރެވުނު ވަރާ އެއްމިންވަރަށް ނުކުރާނެކަމަށް ބެލެވުނުނަމަވެސް "މި ތޫފާނަކީ އިންޑިއާގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ޖަމާއަތެއް ކަމަށްވާ ރާއްޖެއަށް އަށް އަދިވެސް ނުރައްކާތެރި އަސަރެއް ކޮށްފާނެ ތޫފާނެއް،" ރިޕޯޓެއްގައި ބުނެފައިވެއެވެ.

 

ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން މި ތޫފާނާ ގުޅޭގޮތުން ވަކި އެއްޗެއް އަދި ހާމަ ނުކުރިނަމަވެސް، ކުރިއަށް 72 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް އެ އިދާރާގެ ވެބްސައިޓުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ އުތުރުގެ މޫސުން މެޓް އޮފީހުން އަންދާޒާކޮށްފައިވާ ގޮތުން "އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ. އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ،" ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ މެދުރާއްޖެ ތެރެއަށް ވެސް ކެރީގެ އަސަރު ކުރާނެކަމަށާއި، ވިލާގަނޑުގައި ކަނޑު ގަދަވުން އެކަށީގެންވާކަމަށް މެޓުން ވަނީ ބުނެފައެވެ. 

މެދު ރާއްޖެއާއި އުތުރަށް ރާޅުގެ އުސްމިން ތިން ފޫޓާ ހަ ފޫޓާ ދެމެދުގައި ހުރުން އެކަށީގެންވާކަމަށް ވެސް މެޓުން ބުނެއެވެ. 

މި ތޫފާނުގެ ސަބަބުން އިންޑިއާގެ ކެރެލާ އަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވީނަމަވެސް، އިންޑިއާގެ މޫސުމާބެހޭ އިދާރާތުން ވަނީ މިއަދު އެ އެލާޓު އެ ހަފްތާއަށް ލަސްކޮށްފައެއެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް