
ކަލާފާނު ސްކޫލް ޓީމު
ކަލާފާނާއި އަހްމަދިއްޔާ ފައިނަލަށް
މުހައްމަދު ޔާސިރު މޫސާ
09 ޖޫން 2023 - 01:53:27
މިހާރު ކުރިއަށްދާ 13 އަހަރުން ދަށުގެ އެފްއޭއެމް އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގަ ކަލާފާނު ސްކޫލާއި އަހްމަދިއްޔާ ސްކޫލުން ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ދެ ސެމީ ފައިނަލްވެސް ކުޅުނީ މިރޭ ގަލޮޅު ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކަލާފާނާއި މަޖީދިއްޔާ ސްކޫލެވެ. މި މެޗު ކަލާފާނުން ކާމިޔާބުކުރީ 5-0 ންނެވެ.
އެޓީމުގެ ހުސައިން އިލްހާމް ދެލަނޑު ޖެހިއެވެ. އޭނާގެ އިތުރުން ކަލާފާނުގެ ލަނޑުތައް ޖެހީ އީތަން އިބްރާހިމް އަދި ޔޫސުފް ރައްޔާންއެވެ. އަނެއް ލަނޑަކީ މަޖީދިއްޔާގެ އައިހަމް އަބްދުލް ފައްތާހު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އަހްމަދިއްޔާ ސްކޫލް ޓީމު
ސެމީގެ ދެވަނަ މެޗުގައި އަހްމަދިއްޔާއިން މާފުށި ސްކޫލްގެ މައްޗަށް ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި އަހްމަދިއްޔާ ކުރިހޯދީ 5-4 ންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް