ads
މާފުށީ ގެއަކުން ގިނައަދަދެއްގެ ބަނގުރާ ހޯދައިފި
ކ. މާފުށިން ގިނައަދަދެއްގެ ބަނގުރާ އަތުލައިފިއެވެ.
ކ. މާފުށިން ގިނައަދަދެއްގެ ބަނގުރާ އަތުލައިފިއެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ ބަނގުރާ ހޯދާފައިވަނީ މާފުށީ ބަނދަރު މަތީގައި ހުރި ބިދޭސީއެއް ބަލައި ފާސްކުރިއިރު އޭނާ އަތުގައި 7 ދަޅު ބިޔަރު އޮތުމުން އޭނާ ހައްޔަރުކުރި ފަހުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.

ފިލުހުން ބުނީ އެމީހާ ހައްޔަރުކޮށް ފުލުހުންނަށް ލިބުނު އިތުރު މައުލޫމާތާއި ގުޅިގެން ރޭ 21:35 ހާއިރު އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު އެކި ބްރޭންޑުތަކުގެ 42 ފުޅި ބަނގުރަލާއި، 203 ދަޅު ބިޔަރު ފެނިފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް