ފުލުސްމީހާ ބިރުގަތެވެ.
ފުލުސްމީހާ ބެލީ އަވަހަށް އެތަނުން ނުކުމެވޭތޯ އެވެ. ފުލުސްމީހާ ދުއްވައި ގަތެވެ.
..............
އެއީ ހެނދުނުގެ ވަގުތު ނަމަވެސް މުޅި ތަނަށްވަނީ އަދިރިކަން ވެރިވެފައެވެ. ބަންދުވެފައިވާ ކޮޓަރި ތެރޭގައި ފުލުސްމީހާ ދާނެ ވަކިކޮޅެއް ނޭގި ހައްޔަރުވެފައި ހުރެވުނެވެ.
ނަމަވެސް ފުލުސް ސްޓޭޝަން ތެރެއަށް ވެރިވެފައިވާ އަދިރިކަމާއި ހަމަހިމޭން ކަމުގެ ތެރެއިން އެތަނުން އަލިކަމެއް ވެރިވިއެވެ.
.................
އެ އަލިކަން ކުއްލިއަކަށް ނިވުނެވެ. ބަންދުވެފައިވާ އެ ކޮޓަރިތެރެއިން ފުލުސް އޮފިސަރު ދުއްވާގަތެވެ. ދޮރުތައް ހުޅުވޭތޯ މަސައްކަތް ކުރަން ފެށިއެވެ.
" ކިހިނެތް އަހަންނަށް މިވަނީ ކިހިނެއް އަހަންނަށް މިވަނީ"
ރޮމުން ގޮވަމުން ދިޔަ އޮފިސަރަށް ދޮރެއް ނުހުޅުވުނެވެ.
ހާސްވެ ކަންބޮޑުވެ ހުރެ މީހަކަށް ގުޅޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
"ތިޔަކޯލްވަނީ ގުޅޭ ސަރަހައްދުން ބޭރުގަ."
ފޯނުގައި ހުރި ހުރިހާ ނަމްބަރަކަށް ގުޅަމުން އޮފިސަރު ދިޔައެވެ. އެހެނަސް މިހަކަށް ގުޅޭ ގޮތެއް ނުވިއެވެ.
.................
ބިރުން ފިތްކެޑިފައިވާ އޮފިސަރަށް ހަދާނެ ގޮތް ހުސްވިއެވެ.
ކުރާނެ ކަމެއް ނޭނގުނެވެ.
ކުށްވެރިން ބަހައްޓާ އެ ގޮޅިން ނުކުމެވޭ ގޮތެއް ނުވެ ތާށިވެފައި އިން އޮފިސަރުގެ ކަރުގައި މީހަކު ހިފިއެވެ.
އާހް އާހް އާހް......
" ކާކު ކަކު" އޮފިސަރަށް ބުނެވުނެވެ.
މީހެއްގެ އަތެއްކަން އިހުސާސް ވެއެވެ. ލޮލަކަށް ނުފެނެއެވެ.
ކުއްލިއަކަށް މީހަކު ބާރަށް ވާހަކަ ދައްކަން ފެށިއެވެ.
"ކަލޭ ހާދަ ރަހުމް ކުޑައޭ"
." ތީތަ މިތަނަށް ގެންނަ ހުރިހާ ކުށްވެރިނާއި ދޭތެރޭ އުޅޭގޮތް. އަބަދަކު ތިހެން ނޫޅެވޭނެ. އެންމެ ރަނގަޅުވާނީ ކަލޭގެ ދުވަސް ދުއްވާލަން."
...................
ބިރުވެރި އަޑަކުން އަޑުތައް އިވެން ފެށިއެވެ.
ޖިއްނި ރާގުރާގަށް އަޑުލައްވަމުން ގޮވަމުން ދިޔައެވެ. އެ ބިރުވެރި އަޑުން ތަންވަނީ އެއްއަޑަކަށް ގުގުމާލާފައެވެ.
ކުއްލިއަކަށް އެ ތަނަށް ވެރިވީ ކަޅު ހިޔަންޏެވެ. ކަޅު ހިޔަނީގެ ޝިކާރައަކަށް އެ ފުލުސްމީހާ ހެދިއެވެ.
އަދި ކަރުގައި ދަތް އަޅާ ލޭބޯން ފެށިއެވެ. އެމީހާގެ މިނި ކަށިތަކަށްދާންދެން އެ ހިޔަނި ކާން ފެށިއެވެ.
ޝަައިރަމް އިނީ ބިރުންނެވެ.
ހުރިހާ މަންޒަރެއްފެނި އެ އަޑު ކަންފަތުގައި ޖެހެމުންދިޔައިރު، ދެން އޭނަޔަށް ވާނެ ގޮތެއް ހިތަށް އަރާފައެވެ.
މިނިކަށިތައް ހަފަމުންދިޔަ އިރު، އެ ބިރުވެރި އަޑާއި އެ މަންޒަރު ލޮލަށް ފެނުމުން ކެތް ނުވެފައެވެ.
....................
ޝައިރަމް ހިތައް އެރިއެވެ.
ކޮންމެގޮތެއް ހަދާފަވެސް މިފަހަރު ސުވާލު ކުރާނަމަވެ. މަރާލިޔަސް ވަރިހަމައޭ ބުނެ ޝައިރަމް ސުވާލު ކުރިއެވެ.
މަންމަޔާއި ވަކިވެ، ޖަލެއްގެ ކުޑަގޮޅިއެއްގައި އިންނަން ފަސޭހަ ނުވާނެތީއެވެ. މަަންމަގެ ހަދާނާއި އެކު ޝައިރަމްގެ ލޮލުން ކަރުނަ ފާއްދާއިގަތެވެ. ޝައިރަމް އަށް ވައި އަޑަކުން ބުނެވުނެވެ.
ހަމަ އަސްލުވެސް މަންމަ މަރުވީބާއެވެ. ޖިންނި މަންމަ މަރާލީ މިހެން ހެއްޔެވެ.
އެހެންނުވާނެއެވެ.
މަންމަ ރޭގައި ދެއްކި ވާހަކައިން އެކަން ރަނގަޅަށް އެނގުނެވެ.
..................
" މަންމަ މަރެއް ނުވޭ. އަހަރެންގެ މަންމަ މަރެއްނުވޭ" ޝައިރަމް އަށް ހަޅޭ ލައްވައިގަނެވުނެވެ.
މަންމަ މަރުވިނަމަ އެކަން އެނގި އެ މަންމަގެ މޫނުވެސް އެންމެފަހުފަހަރަށްވެސް ނުފެނުނީތާއެވެ. ޝައިރަމް ހިތައް އެރިއެވެ.
މޭގަނޑު އަތައް އަންނަހާލު ޝައިރަމް ތުރުތުރު އަޅަމުން އިދެ ޝައިރަމް ޖިއްނި އާއި ސުވާލު ކުރިއެވެ.
"ކޮބާ މަގޭ މަންމަ،"
ކުރަކިވެފައި އިން އަޑަކުން އެހެންބުނަމުން ދިޔަ އިރު، ޝައިރަމް އަށް ބާރު ބާރަށް ރޯން ފެށުނެވެ.
...................
ކީއްވެ؟ މަންމަ މަރާލީ" ކީއްވެ މަންމަ މަރާލީ...
ދެވަނަ ފަހަރަށްވެސް ޝައިރަމް ސުވާލު ކުރިއެވެ.
"ކޮބާ އަހަރެންގެ މަންމަ ޒައިނަބު...!
ޖިއްނި ބަހެއް ނުބުނެއެވެ. އަނެއްކާ ޝައިރަމް ސުވާލު ކުރިއެވެ. މި ފަހަރު އެއަށްވުރެ ބާރަށެވެ.
ކޮބާހޭ އަހަރެންގެ މަންމަ.....
އޭރުވެސް ޖިއްނި ދިޔައީ ފުލުސް އޮފިސަރުގެ ލެޔާއި ކަށިތަކަށްދާންދެން އޭނަގެ ބަޑަށް ލަމުންނެވެ.
ޝައިރަމްގެ ވާހަކަ ޖިއްނި އަޑުއަހާހެނެއްވެސް ހީނުވެއެވެ.
...................
ޝައިރަމް އަތްތިލަ ބަޑިއެއް ޖެހިއެވެ.
"ބަލަ ހިޔަންޏާ ކަލޭ ޖަވާބެއް ދީބަލަ
"މަގޭ މަންމަ ކޮބާތަ!
ކީއްވެތަ މަންމަ މަރާލީ"
ހިޔަނީގެ ބަހެއް ނުލިބުން ޝައިރަމް ހާސްވިއެވެ.
ފާރުގެ ކަނުގައި ލެގިގަތެވެ. އަތް ހަރަމަށް އަރުވާ ކާކޫ ގަޔާއި ކައިރިކޮށް ބޯ ކަކޫ މައްޗަށް ވައްޓައިގެން އިށީނެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރުގައ މީހަކު ތަޅަން ފެށިއެވެ.
......................
ޝައިރަމް މަޑުމަޑުން ތެދުވިއެވެ. އެކަމަކު ޝައިރަމް އަކަށް ދޮރު ހުޅުވާކަށް ނުކެރެނެވެ. ޝައިރަމްގެ ދެލޯ ބޮޑުވިއެވެ. އަލި ވިދުވަރެއްހެން ހިޔަނި ގެއްލުނެވެ.
މުޅި ކޮޓަރިތެރެ އަލިވެއްޖެއެވެ.
ފުލުސް އޮފިސަރުގެ ޔުނީފޯމް ފިޔަވާ އެއްވެސް އެއްވެސް އެއްޗެއް އެތާކު ނެތެވެ.
ޝައިރަމް ޔުނީފޯމަށް ބަލާލިއެވެ.
އެ ޔުނީފޯމް ބޮލުން ވައްޓާލިއެވެ. ގަޔަށް ހެޔޮވަރު ޔުނީފޯމާއެކު ލޯގަނޑު ކުރިމައްޗަށް އެރިއެވެ. އޮފިސަރުގެ މޭޒުމަތީގައި އޮތް މާސްކެއް އެޅިއެވެ.
އަދި ނުނިމޭ......
އަންނަ ހަފްތާއަށް އިންތިޒާރު ކޮށްލާ!