
މިކަން ކަށަވަރުވެފައިވަނީ ޑެޕްގެ މަންދޫބަކު "ވެރައިޓީއަށް" މި ޚަބަރު ކަށަވަރުކޮށްދީފައި ވާތީއެވެ.
"ޑެޕް މި މަޝްރޫއުގައި ބައިވެރިވުމަށް އަންގާފައި ނުވާ ކަމަށާއި އެނބުރި ނުދާނެ ކަމަށް،" އޭނާ ވަނީ ބުނެފައެވެ.
ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ އާ ފިލްމު ލިޔަނީ "ބާޑްސް އޮފް ޕްރޭ" އާއި ކުރިއަށް އޮތް "ބެޓްގާލް" ފިލްމުގެ މަސައްކަތްތަކުގެ ސަބަބުން މަޝްހޫރުވެފައިވާ ކްރިސްޓީނާ ހޮޑްސަން އެވެ. މި ފިލްމު ޑައިރެކްޓް ކުރާނީ ކާކު ކަމެއް އަދި ލީޑް ރޯލުން ދެން ފެނިގެންދާނީ ކާކު ކަމެއް ސާފެއް ނުވެ އެވެ.
ޑެޕް ވަނީ ޕައިރޭޓްސް އޮފް ދަ ކެރިބިއަންގެ ފަސް ފިލްމެއްގައި ޖެކް ސްޕަރޯގެ ރޯލު އަދާކޮށް، އެ ހުރިހާ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމެކެވެ. މި ސީރީޒްގެ އެންމެ ފަހު ފިލްމު "ޑެޑް މެން ޓެލް ނޯ ޓޭލްސް" ރިލީޒް ކުރީ 2017 ވަނަ އަހަރު އެވެ.
ޑެޕް ފްރެންޗައިޒް އިން ވަކިވެފައިވަނީ އޭނާގެ ކުރީގެ އަންހެނުން އަމްބާ ހެއާޑް އާއި އެކު ގާނޫނީ ހަނގުރާމައެއްގައި ތެރެއިންނެވެ. ހެއާޑް ޑެޕްގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކުރިއިރު، އެ ދެމީހުން ކުރިއަށް ދިޔައީ ދިގު އަދި ވަރަށް ބޮޑަށް ގިނަބައެއްގެ ޝައުގުވެރިކަން ހޯދި ޝަރީއަތެކެވެ. އެންމެ ފަހުން ޑެޕްގެ މައްޗަށް ކުރި އެއްވެސް ދައުވާއެއް ސާބިތު ނުވާ ކަމަށް ވެސްވަނީ ނިންމާފައެވެ.
ޑެޕް ވަކިވުމުން ޕައިރޭޓްސް އޮފް ދަ ކެރިބިއަންގެ އާ ފިލްމަށް ކުރާނެ އަސަރެއް ސާފެއް ނުވެ އެވެ. މި ފްރެންޗައިޒް އަދިވެސް މަގުބޫލު ނަމަވެސް ޑެޕްގެ ގެއްލުމުން ފިލްމުގެ ބޮކްސް އޮފީހުގެ ޕާފޯމަންސަށް ގެއްލުން ލިބިދާނެ ކަމަށް ބެލެވެ އެވެ.