މި ދަތުރުފުޅު އޮންނާނީ މިމަހުގެ 11 އިން 14 އަށެވެ.
މި ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަނުކުރި ނަމަވެސް މި ދަތުރުފުޅާގުޅިގެން މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަން ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން މިފެށޭ ހަފްތާގެ އާދިއްތަ ދުވަހުން ބުދަ ދުވަހަށް މާލޭގެ ޖެޓީ ނަންބަރު 3, 2, 1 ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް، ފަޅަށް ވަދެ ނުކުމެ ހެދުން ސަލާމަތީ ސަބަބުތަކަށްޓަކައި އެކި ވަގުތު ތަކުގައި ބަންދު ކުރެވޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.