ads
ރަޝީދު އާއި އޭނާގެ އަންހެނުން....
ކިޑްނީ އެއްލިބޭތޯ އާދޭސް ކުރިން އެކަމަކު އެއްވެސްމީހަކު އެއްބަހެއްނުވޭ ރަަޝީދު!
އެއީ ހިތްވަރުގަދަ ފިރިހެނެކެވެ. ދިރިއުޅުމަށް އުއްމީދުތައް ކުރި މުރާލި މީހެކެވެ. ނަމަވެސް އޭނާގެ ހަޔާތް ބަދަލުވީ ތަގްދީރުގެ ނިޔާއާއި އެއްގޮތަށެވެ. ދިރިއުޅުމަށް ކިތަންމެ ފޮނި އުއްމީދުތަކެއް ކުރި ނަމަވެސް އެއްވެސް މީހަކަށް ތަގްދީރު އަރާ ހަމަކުރުމުން އެއަށް ބާރު ނުފޯރުވޭނެވެ.

ދެތެކެވެ. ގދ. ފަރެސްމާތޮޑާ ރާސްތާ ރަޝިދު މުހައްމަދަށް، ވެސް ދިމާވީ މިފަދަ ގޮތެކެވެ. އޭނާ ވެސް އެހެންމީހުންނެކޭ އެއްފަދައިން ދިރިއުލުމަށް ފޮނި އުއްމީދުތައްކުރިއެވެ. ރަޝީދު ބުނީ އުފާވެރި ހަޔާތެއްގައި އުޅެމުންދަނިކޮށް އޭނާގެ ހަޔާތަށް ބިންދާލި ބޮޑު ރާޅާއި އެކު ދިރިއުޅުން އެފުށް މިފުށަށް ޖެހުނު ކަމަށެވެ.

ގޮތް ނޭނގޭ އާ ދިރިއުޅުމަކާ ކުރިމަތިލާން ޖެހުނީ އެފަދަ ކަމަކަށް ތައްޔާރުވެ ހުރި ހާލަތެއްގައެއްވެސް ނޫން ކަމަށް ރަޝިދު ބުންޏެވެ. 

your imageރަޝީދު އާއި އޭނާގެ އަންހެނުން...

ރަޝީދުގެ އުމުރުން 42 އަހަރެވެ. އޭނަގެ އަންހެނުންނަށް 40 އަހަރެވެ. އެދެމެފިރިންގެ ކައިވެންޏަށް 26 އަހަރުވެފައިވާއިރު ލިބުނު ހަމައެކަނި ދަރިފުޅުގެ އުމުރުން 25 އަހަރެވެ.

އަމިއްލަ ރަށާއި ގެދޮރު ދޫކޮށް ރަޝީދު މިހާރު ދިރިއުޅެމުން ދަނީ އެ އަތޮޅު ވެރިކަން ކުރާ ރަށް ގދ. ތިނަދޫގައި، ގެއެއްގައި ކުށްޔަށެވެ. ރަޝީދު ބުނާގޮތުން އަމިއްލަ ރަށް ދޫކޮށް އެހެންރަށެއްގައި އުޅެން ޖެހުމުން، ވަރަށް ގިނަ އުދަގޫތަކެއް އެބަހުއްޓެވެ. ސަބަބަކީ އޭނާ އަކީ އެއްވެސް ވަރަކަށް ފައިސާ ހޯދުމަށް މަސައްކަތް ކުރެވޭ މީހަކަށް ނުވެފައި އަންހެނުންނަކީވެސް ބަލިމީހަކަށް ވާތި އާއި އެކުގަކަމަށް ރަޝީދު ބުންޏެވެ.

އަމިއްލަ ރަށުގައި އަމިއްލަ މަސައްކަތުން ގެއެއް ހެދިފައި ހުއްޓާ ތިނަދޫއިން ގެއެއް ކުށްޔަށް ނަގައިގެން ދެމެފިރިން އެކަނި ހާލާއިގެން ތިބެން ޖެހުމަކީވެސް އެހާ ފަސޭހަ ކަމެއްނޫން ކަމަށް ރަޝިދު ބުންޏެވެ. އަދި އެދެމެފިރިންގެ ހުރި ހަމައެކަނި ދަރިފުޅުގެ އަތްމައްޗަށް، މުޅި ދިރިއުޅުން ދޫވާން ޖެހުމަކީވެސް އެ އުމުރުގެ ބައްޕަޔަކު ހިތަށް އެހާ ފަސޭހަ ކަމެއް ނޫންކަމަށް ރަޝީދު އަސަރާއި އެކު ބުންޏެވެ. 

ރަޝީދު އޭނާގެ ބަލީގެ ހާލަތު "ސިީއެންއެމް" އަށް ކިޔައިދެމުން ބުނީ އޭނާ އަކީ އުމުރުދުވަހު ހިތަވަރާއިއެކު މަސައްކަތް ކުރި މަސްވެރިއެއްކަމަށާއި، މަހަށް ގޮސް ހުއްޓާ މާބޮޑަށް ވަރުބަލިވާން ފެށިކަމަށެވެ. ކުރިން އެހެންދޯންޏަކުން މަހަށް ދިޔަނަމަވެސް ފަހުން މަރަށް ދިޔައީ ފަރެސްމާތޮޑާ "ރިނޭންސް" ދޯނިންކަމަށާއި، މަހަށްގޮސްހުއްޓާ ހަށިގަނޑަށް ބަނދަލުތަކެއް އަންނަން ފެށި ކަމަށެވެ.

" ފުރަތަމަ ބޯ އަނބުރުމާއި ވަރުބަލިކަން އިހުސާސްވާން ފެށީ. އެގޮތަށް ވަރުބަލިކަން އިހުސާސްވާތީ ރަށު ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދެއްކީ. އެދުވަހުވެސް ޑޮކްޓަރު ވިދާޅުވި ކިޑްނީ މައްސަލަތަކެއްކަމަށް." - ރަޝީދު

your imageރަޝީދުގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް......

ޑޮކްޓަރު ކިޑްނީ މައްސަލައެއް ހުރިކަމަށް ވިދާޅުވި ނަމަވެސް އެކަންތައް މާބޮޑަށް ގަބޫލު ކުރަން ބޭނުން ނުވިކަމަށެވެ. ނަމަވެސް ވަރުބަލި ކަމުގައި އުޅެން ޖެހޭތީ މާލެ ދިޔަ ކަމަށާއި، ފުރަތަމަ ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކި ކަމަށެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް އެގޮތަށް ވިދާޅުވުމުން އެންމެ ފަހުން އައިޖީއެމްއެޗް އަށް ދެއްކި ކަމަށް ރަޝީދު ބުންޏެވެ.

ކޮންމެ ގޮތެއްވިޔަސް ހުރިހާ ޑޮކްޓަރުންވެސް އިއްތިފާގުވީ ރަޝީދުގެ ބައްޔަކީ ކިޑްނީ ބަލިކަމަށް ވާތީ އެ ބައްޔަށް ފަރުވާ ކުރަން ޖެހުނު ކަމަށެވެ. އެހާ ހިސާބުން މާލޭގައި އުޅެމުން އައިސް އެންމެފަހުން ރަށަށް ބަދަލުވި ކަމަށާއި، ރަށަށް ބަދަލުވީ ބޭހަށް ކޮންޓްރޯލް ވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވުން ކަމަށް ރަޝީދު ބުންޏެވެ.

"އެހާ ހިސާބުން ރަށު މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރީ. ކުއްލިއަކަށް މީހާ އެއްކޮށް ދުޅަވެ ބޮޑުވަރުވާން ފެށި. އެއީ ކޮވިޑްތެރެ. ގޮތް ހުސްވެ ކުރާނެ ކަމެއް ނޭނގޭ ހިސާބަށް ދިޔަ. ރަށުގައި އުޅުމަށްފަހު ތިނަދޫއިން ޑަޔަލަސިސް ހެދޭތީ އެހާ ހިސާބުން ތިނަދޫ އަށް ބަދަލުވާން ޖެހުނީ. މިހާރު ހަފްތާއަކު ހަތަރު ދުވަހު ޑަޔަލިސިސް ހަދަން ޖެހޭ." - ރަޝީދު

އަދި އިތުރަށް ރަޝިދު ބުނީ ކިޑްނީ އެއްހޯދަންވެސް ބައެއްމީހުންނާއި ހިޔާލު ހޯދާ ހެދި ކަމަށާއި، ނަމަވެސް އެއްވެސްމީހަކު ކިޑްނީދޭން އެއްބަސްވެފައި ނުވާކަމަށެވެ. ނަމަވެސް ފުރާނައަށްޓަކާއި ކިޑްނީ އެއްބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ރަޝިދުބުނީ އޭނާގެ އަންހެނުންނަކީ ވެސް ފިޓްޖެހޭ މީހެއް ކަމަށާއި، ބަލި އެދުގައި ދެމެފިރިންނަށް އޮންނަން މަޖުބޫރުވެފައިވާ ކަމަށެވެ. ރަޝީދުގެ އެއްބަނޑު އެއްބަފާ އާއިލާގައި ތިބެނީ ފަސްބެއިން ކަމަށާއި، އެމީހުންނަކީވެސް އެހާފުދޭ ދިރިއުޅުމެއްގައި އުޅޭ ބައެއްނޫން ކަމުން އެހީތެރި ވެދިނުމުގައި އާއިލާއަށް ވެސް ގޮންޖެހުން ހުންނަ ކަމަށް ރަޝީދު ބުންނެވެ.

ކިޑްނީ އެއްހޯދުމަށް އެންމެންގެވެސް އެހީތެރިކަންބޭނުންވާ ކަމަށާއި، އެހީތެރި ކަމާއެކު ރާއްޖެއިން ބޭރަށްދެވިއްޖެ ނަމަ، ފަރުވާއަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އެހެންމަކުން ބޭނުންވަނީ ތި އެންމެންގެ ދީލަތި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުން ކަމަށްވެސް ރަޝީދު ބުންޏެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

ގުޅޭނެ ނަމްބަރު: ރަޝީދު މުހައްމަދު: 7669740

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި: 7730000193876 (ރަޝީދު މުހައްމަދު)

58%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް