ads
ރައީސް ސާލިހު ދާންދޫގައި
"ޑިމޮކްރަސީ ދެމެހެއްޓުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރެވޭނީ މަދަނީ ޖަމިއްޔާތަކަށް"
ޑިމޮކްރެސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މަދަނީ ޖަމިއްޔާތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ރޭ ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ހަރަކާތްތައް އެބައެއްގެ ތެރޭގައި ހިންގައިދޭ މައި ތަނބަކީ މަދަނީ ޖަމިއްޔާތައްކަމަށެވެ.

"ކޮންމެ މުޖްތަމައެއްގައި ވެސް މަދަނީ ޖަމިއްޔާތަކަކީ އެ މުޖުތަމައެއް ހަރަކާތްތެރިކުރުވާ މައި އިންޖީނު. އެ އިންޖީނު ހިނގާ ވަރަކަށް، އެ މުޖުތަމައެއްގެ ހަކަތަ އިތުރުވެ ބުންވަރު ގަދަވާނެ،" ރައީސް ސާލިހު ވިދާޅުވިއެވެ.

ޖަމިއްޔާތުން ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއްދޭން ޖެހޭކަން ވެސް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. 

"އެ ނުރައްކާ ކުޑަކުރުމަށް، ރާއްޖޭގެ މާހައުލީ ނިޒާމު ހަލާކުވިޔަ ނުދީ ދިރުވައި ބެލެހެއްޓުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް،"

މަދަނީ ޖަމިޔާތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކުރެވިއްޖެ ނަމަ، އަމާޒަށް ވާސިލުވުން ވަރަށް ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ދޭންޖެހޭ އެއް ކަމަކީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުން ކަމަށާއި، އެކަމަށްޓަކައި އެންމެން ބައިވެރިވެގެން ހާއްސަ މަސައްކަތްތަކެއް ފެށުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަދަނީ ޖަމްއިއްޔާތަކުގެ އެވޯޑް ހާސިލްކުރި 10 ޖަމްޢިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް