ads
މަހްމޫދު ރިޔާޒް
ކޮރަޕްޓެއް ނުވަން، ނުވެސް ވާނަން: މަހްމޫދު ރިޔާޒް
ކޮރަޕްޝަންގެ އަމަލެއް ދުވަހަކުވެސް ނުހިންގާ ކަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް އެފަދަ އަމަލެއް ނުހިންގާނެ ކަމަށް ކޮރަޕްޝަންގެ ތުހުމަތާއި އެކު އިއްޔެ ކަސްޓަމްސްއިން ވަކި ކުރި މަހްމޫދު ރިޔާޒް ވިދާޅުވެއްޖެ އެވެ.
Advertisement

މަހްމޫދު ރިޔާޒް އިއްޔެ އިމިގްރޭޝަނުން ވަކި ކުރި އިރު އޭނާ ވަނީ 33 އަހަރުވަންދެން ކަސްޓަމްއަށް ހިދުމަތްކޮށްދީފައި އެވެ.

ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި އެހީތެރިވުމުގެ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން އިއްޔެ ރައީސް ވަނީ ވަކިކުރައްވާފައި އެވެ.

މި މައްސަލާގައި ވަކި ކޮށްފައިވަނީ މަހްމޫދު ރިޔާޒްގެ އިތުރުން އަބްދުﷲ ވަހީދު އެވެ. 

އެ ދެ ބޭފުޅުން ވަކިކުރީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓްތަކެއް ވަގަށް އެތަނުން ނެރުނު މައްސަލައާ ގުޅިގެން، މަޖިލީހުގެ ކޮމެޓީން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށް ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ. 

ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަބްދުﷲ ވަހީދު އައްޔަންކުރީ 3 ޖަނަވަރީ 2024 ގައެވެ. މަހުމޫދު ރިޔާޒް އެ މަގާމަށް އައްޔަންކުރީ 2020 ވަނަ އަހަރެވެ. 

މި ދެބޭފުޅުންވެސް ވަނީ ކަސްޓަމްސްއަށް 32 އަހަރަށް ވުރެން ގިނަ ދުވަސް ހިދުމަތް ކުރައްވާފައި އެވެ.

ހިދުމަތުގައި 33 އަހަރު ވެފައިވަނިކޮށް, ހުތުރު ތުހުމަތެއްގައި ވަޒީފާއިން ވަކި ކުރި ރިޔާޒު، ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.

"މާތްالله ގަންދީ ހުވާކޮށްފައި ބުނަން ގޯސް ކަމެއްގައި ބައިވެރިވެފައެއް ނުވާނެ. އަދި، ނުވެސް ވާނަން," ރިޔާޒް ލިޔުއްވާފައި ވެއެވެ.

މިފަދަ ދަނޑިވަޅެއްގައި ތަފާތު ވާހަކަތައް ދެކެވޭނެ ކަމަށާއި ނަމަވެސް އޭނާގެ އިންޓަގްރިޓީއާ މެދު އިތުބާރު ކުރެއްވުމަށް ރިޔާޒް މެސެޖުގައި އެދިލައްވާފައި ވެއެވެ.

އަދި، ކުރިއަށް އޮތްތަނުގައި ވެސް އޭނާ ހުންނަވާނީ ހިފަހައްޓަވާ ރަނގަޅު އުސޫލުތަކުގައި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ވަކި ކުރުމާއި ގުޅިގެން ކަސްޓަމްސްގައި މަސައްކަތްކުރެއްވި އަދި ކުރައްވަމުން ގެންދާވާ އެތަށް އޮފިޝަލުންނެއް ވަނީ އޭނާ ދިފާއުކޮށް ވާހަކަ ދައްކަވާފައި އެވެ.

ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ މިހާ ގިނަ ދުވަހު ކަސްޓަމްސް އަށް އިހްލާސްތެރިކަމާއި އެކު ހިދުމަތްކޮށްދިން ބޭފުޅެއްގެ ބޮލުގައި މި ފަދަ ބޮޑު ބަދުނާމެއް އަޅުވާ ވަކި ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިވީހާ ދުވަސްވީ އިރު ދުވަހަކުވެސް ރިޔާޒް އެފަދަ އަމަލެއް ހިންގެވި ކަމަށް ބުނެ އަޑުވެސް ފެތުރިފައި ނުވާ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް