ads
ދެ ރަށެއްގެ މަގު ހެދުން ފޮޓޯ / ޕްލޭނިން
ދެ ރަށެއްގެ މަގު ހެދުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފި
ދެ ރަށެއްގެ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީއާއި ރޯޑް ކޯޕަރޭޝަންއާ ދެމެދު އެއްބަސްވުމުއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ ގައި މިއަދު  ބޭއްވި ރަސްމިއްޔާތުގައި ށ. މިލަންދޫއާ، އދ. މާމިގިލީ މަގު ހެދުމުގެ ޕްރޮޖެޓުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ  ޑިރެކްޓާ ޖެނެރަލް  ފާތިމަތު ޝާނާ ފާރުގްއެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ މޫސާ އަލި މަނިކުއެވެ.

މިލަންދޫ މަގު ހެދުމަށް މިއަދުވެފައިވާ އެއްބަސްވުމުގައި އެރަށު އަށް މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް މަގު ހެދުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެގޮތުން  520 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި އެ ޕްރޮޖެކްޓަށް 156.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި އެ ޕްރޮޖެކްޓުގެ ދަށުން މިލަންދޫގައި  6.15 ކިލޯ މިޓަރުގެ މަގު ހެދޭނެއެވެ.

މީގެ އިތުރުން މިއަދު ވަނީ  މާމިގިގިލީ  މޭޖާ މަގު ހެދުމަށް އެއްބަސްވެއްގައި ސޮއިކޮށްފައެވެ. އެގޮތުން  އެރަށު ހަ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރަން ރޯޑް ކޯޕަރޭޝަންއަށް ދިފައިވަނީ 400 ދުވަހެއެވެ. އަދި އެ ޕްރޮޖެކްޓަށް 95 މިލިއަން ރުފިޔާ ހަރަދުވާއިރު 4.89 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފަވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް