ނިލޭޝް ކޮކާނޭ ނަމަކަށް ކިޔާ މީހާ ވަނީ ރާހުލް ބޮސާލޭ ކިޔާ މީހާ ގަލަކުންތަޅައި "ފުނޑުފުނޑުކޮށް މަރާލާފައި" ކަމަށް ފުލުހުން ބުނެއެވެ.
ޒުވާބުގެ ތެރޭގައި ކޮކާނޭ ބޮޑު ގަލެއް ނަގައި ބޮސާލޭގެ ބޮލަށް އެންމެފުރަތަމަ ހަމަލާދިންކަމަށް އިންޑިއާ ފުލުހުން ބުނެއެވެ.
ބޮސާލޭ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮކާނޭ ހައްޔަރުކޮށް ވަނީ ގަސްތުގައި މީހަކު މެރިކަމުގެ ދައިވާ އުފުލާފައެވެ. އޭނާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މި މާރާމާރީގައި މަރުވި ރާހުލް ބޮސާލޭގެ އުމުރަކީ 35 އަހަރެވެ.