ads
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
ފޯމްތައް ލީކުވުމުގައި ރައީސް އޮފީސް ބައިވެރިވާ ކަމަށް ބުނާތީ ހިތާމަކުރަން: ފުއާދު
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އޮފީހަށް ވާއިރު، ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ފޯމްތައް ލީކުވީ ރައީސްއޮފީހާއި އިލެކްޝަންސް ކޮމިޝަން މެދުވެރި ވެގެން ކަމަށް ބުނެ ވާހަކަ ދެކެވޭތީ ހިތާމަ ކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
Advertisement
އަޅުގަނޑު ހަމަ ދެރަވާން ޖެހޭ އިނގޭތޯ. މިސާލަކަށް އެކަމެއް އެ ކުރެވިފަވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، އިލެކްޝަންސް ކޮމިޝަންސްގެ އޮފީހާ ދޭތެރޭގައޭ ބުނެވޭ ކަމަށްޓަކައިވެސް. މިދެންނެވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަކީ ދައުލަތުގެ އެންމެ މަތީ މަގާމުގަ ހުންނަވާ ބޭފުޅާގެ އޮފީސް ކަމަށްވާއިރު އެފަރާތުން މިކަހަލަ ކަމެއްގަ ބައިވެރިވެ ވަޑައިގެންކަމުގެ ވާހަކަ އިވުމަކީވެސް ހަމަ ހިތާމަކުރަން ޖެހޭ ކަމެއް- ފުއާދު

ފުއާދު ވިދާޅުވީ ރައީސް އޮފީހުގެ އެފަދަ އިންސްޓްރަކްޝަނެއް އަޔަސް ޔަގީނުންވެސް އެމަނިކުފާނު ދެއްވާނެ ޖަވާބަކީ އެކަން ނުވާނެ ވާހަކަ ކަމަށާއި، އެހެންނަމަވެސް އެގޮތަށް ކޮންމެ މީހަކު ބުނެފާނެ ކަމާ ދޭތެރޭ ވެސް ސުވާލު އުފެދޭ ކަމަށެވެ. 

އީސީ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެކޮމިޝަނުގެ މުވައްޒަފުންނަށް އަބަދުވެސް ނަސޭހަތް ދެއްވަމުން ގެންދަވާ ކަމަށާއި އަދި މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަނުގެ ދާއިމީ މުވައްޒަފުންނާ އަދި ވަގުތީ ގޮތުން ގުޅިފައިވާ މުވައްޒަފުންނާ އެކު ޖުމްލަ 196 މުވައްޒަފުންނާ ބައްދަލު ކުރައްވައި ހާއްސަކޮށް ފޯމްތައް ލީކުވި މައްސަލާގައި ވާހަކަ ދައްކަވާފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އެހާ ގިނަ މުވައްޒަފުންނާއެކު މަސައްކަތް ކުރާއިރު ކޮންމެ މީހަކު ކުރާ ކޮންމެ ކަމެއް ވަކިވަކިން ނުބެއްލެވޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެކަން އީސީ ތެރެއިން ހިނގާފައިވާ ކަމަށް ސާބިތު ކުރެވޭ ވަރަށް އެނގިފައިނުވާ ކަމަށާއި އެހެންނަމަވެސް އެކަން އެއޮފީހުން ނުހިނގާ ކަމުގައި ޔަގީންކަމާއެކުވެސް ނުދަންނަވާނެ ކަމަށެވެ.

އަޅުގަނޑުމެންނަށް ބެލެންހުރި އެއްޗެހިތައް ބަލައިގެން ސާބިތެއް ނުކުރެވޭ. އެކަމަކު އޭގެ މާނައަކީ އެކަން ކޮށްފަ ނުވާކަމަށް 100 ޕަސެންޓް އަޅުގަނޑު ދަންނަވަނީކީ އެއްނޫން.. އެކަމަކު އަޅުގަނޑުމެންނަށް ފެންނާނެ ގޮތަކަށް އެކަމެއް ނެތް ހިނގާފަކާއެއް. މީ ހަމަ އަޅުގަނޑަށް އެންމެ ތެދުވެރިކަމާއެކު ދެންނެވެން އޮތް ވަރަކީ - ފުއާދު

3500 މެންބަރުންގެ ސޮޔާއެކު ދަ ޑިމޮކްރެޓްސްއިން އީސީއަށް ފޯމްތައް ހުށަހެޅީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

ދަ ޑިމޮކްރެޓްސް އިން ވަނީ ހުށަހެޅި ލިސްޓުގައިވާ މީހުންނަށް ސަރުކާރުން ބިރުދައްކާފައިވާ ކަމަށް ބުނެފައެވެ. އަދި އިލެކްޝަނުން އެ ލިސްޓް ލީކު ވެފައިވާ ކަމަށްވެސް އެޕާޓީން ތުހުމަތު ކުރެއެވެ.

ފޯމްތައް ލީކުވި މައްސަލަ، ދަ ޑިމޮކްރެޓްސްއިން ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ. އަދި އެކަން ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްވެސް ފުލުހުންނަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް