ads
ރަންބީރު އަދި ކަންގަނާ
ކަންގަނާ ރަނައުތު، ރަންބީރަށް: އެންމެ ފަހަރަކު ޖެހިއަސް މަރާލާނަން!
ބޮލީވުޑުގެ މަޝްހޫރު ތަރި ކަންގަނާ ރަނައުތު "ގައިގައި އެންމެ ފަހަރަކު ޖެހިއަސް، މަރުވަންދެން އެމީހެއްގެ ގައިގައި ތަޅާނެ" ކަަށް ބުނެ ބޮލީވުޑުގެ ތަރީ ރަންބީރު ކަޕޫރަށް އިންޒާރު ދީފިއެވެ.

ރަންބީރު ކަޕޫރަށް ވަރަށް ބޮޑަށް ފާޑުކިޔާ ކަންގަނާ ލިޔެފައިވާ މެސެޖުގައި ބުނެފައިވަނީ "ބްރަހްމާސްތްރާ" ގައި ރަންބީރު ކަޕޫރު ކުޅުނު ޝިވާގެ ރޯލަށްފަހު އެފަދަ ފިލްމެއް އޭނާލައްވައި ދެން ދުވަހަކުވެސް ނުޅެން އެ ފިލްމު ހެދި މީހުން ވެސް ނިންމާފައިވާކަމަށެވެ. 

ނަމަވެސް އަލުން ނިތޭޝް ތިވާރީގެ "ރަމާޔާނާ" ގެ ކާސްޓިންއަށް ރަންބީރު ލުމަކީ ގޯހެއްކަމަށް ކަންގަނާ ވަނީ ބުނެފައެވެ. 

ކަންގަނާ ސިފަކޮށްފައިވާގޮތުން ރަންބީރު ކަޕޫރަކީ "ހުޅަނގު މީހަކަށް އަމިއްލައަށް ހެދިގެން އުޅޭ ހިކި މީދަލެއް،" ކަހަލަ މީހެކެވެ. 

އޭނާ ލިޔެފައިވާ މެސެޖު ނިންމާލަމުން ބުނެފައިވަނީ "އަހަރެން ގައިގައި އެންމެ ފަހަރަކު މީހަކު ޖެހިއަސް އެމީހަކު މަރުވަދެން ޖަހާނަން،" ކަމަށެވެ. 

ކަންގަނާގެ މިރުޅިގަނޑު ރަންބީރު ކަޕޫރަށް އަމާޒުވެފައިވާއިރު، "ރާމާޔާނާ" ގައި ރަންބީރު ކަޕޫރާއި އޭނާގެ އަންހެނުން އާލިއާ ބަޓް ކުޅެން އުޅޭ ރޯލާ ގުޅުވައިގެން ވެސް ބޮލީވުޑުގެ ގިނަ ސަޕޯޓަރުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އެ ދެމީހުން ކުޅެން އުޅެނީ ހިންދޫ ދީނުގެ ދެ ކަލާންގެއިގެ ރޯލެވެ. 

ކަންކަނާ ރަންބީރަށް ފާޑުކިޔާފައިވާއިރު، މީގެ ކުރިން ރަންބީރުވެސް ވަނީ ކަންގަނާއަށް ފާޑުކިޔާފައެވެ. ނަމަވެސް މަރުގެ އިންޒާރު ދީފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް