ads
ދެވަނަ ބޮޑު ހަނގުރާމައިގެ ފޮޓޯއެއް....... ފޮޓޯ/ ގޫގްލް
މިއަދަކީ ކޮންދުވަހެއްކަން އެނގޭތަ، ދެވަނަ ބޮޑު ހަނގުރާމަ ހިނިގި ދުވަސް!
ދިވެހިރާއްޖެ އަކީ މުއްސަދި ތާރީހަކާއި، މުއްސަދި ސަގާފަތެއް ލިބިގެންވި ގައުމެކެވެ. ތާރީހުގެ ސަފުހާތައް އުކާލުމުން މިކަން ވަރަށް ރަނގަޅަށް އެގެން އޮވެއެވެ.

ނަމަވެސް ދިވެހި މި ގައުމުގެ ތާރީހުގެ ތެރެއިން ދިވެހިންނަށް ލިބިފައިވަނީ ވަރަށް ކުޑަ މިންވަރެކެވެ. އެމިންވަރާއި އެކު ދިވެހިންނަށް ދިވެހި ކާބަފައިން އުފުލި ހިތާމަޔާއި އުފަލާއި، ހިތްގައިމު ދުވަސްތައް ވަރަށް ރަނގަޅަށް އެގެން އޮވެއެވެ. މިގެ ތެރެއިން ބައެއް ކަންތައްތަކަކީ ދިވެހިން އެކަމާއި ފަޙުރުވެރިވާ ކަންތައްތަކެއްވެސް މެއެވެ. 

އެގޮތުން މީގެ އެތަކެއް އަހަރު ކުރީގެ ތާރީހަށް ބަލާލާއިރު، 1940 ވަނަ އަހަރަކީ ދިވެހިން ވަރަށް ބޮޑު ހާލެއްގައި އުޅުންޖެހުނު ދުވަސްވަރެކެވެ. އެއީ މިއަދާ ހަމަޔަށް އައިއިރުވެސް ދިވެހިންގެ ހިތުން ފިލައިގެންދިޔަ ދުވަހަކަށްވެގެން ނުދިޔައެވެ. ސަބަބަކީ ދިވެހިން ބަނޑަށްޖެހި ކާނެ އެއްޗެއް ނުލިބި ތިބެން ޖެހުނު ދުވަސްވަރަކަށް ވާތީއެވެ.

އެދުވަސްވަރުގެ ހަނދާންތައް އާކުރަމުން މިއަދުވެސް މީހުން ބުނަމުންދަނިީ އެއީ ހާދަހިތްދަތި ދުވަސް ވަރެއްކަމަށެވެ.

އެދުވަހުގެ ތާރީހަށް ބަލާލާއިރު، އެއީ މުޅި ދުނިޔެ އެކަމަަކަށް ހުއްޓިފައި އޮތް ދުވަސްވަރެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ހަނގުރާމަ ފެށުނީ 1 ސެޕްޓެމްބަރު 1939 ގައިއެވެ. އެއީ މީގެ 83 އަހަރު ކުރިއެވެ. އެ ހާދިސާ އަށް ގަރުނެއް ވަނީއެވެ. ނަމަވެސް ރާއްޖެއަށް ހަނގުރާމައިގެ އަސަރު ކޮށްފައިވަނީ ހަނގުރާމަ ފެށުނުތާ ހަތެއް ނުވަތަ އަށްމަސް ފަހުންނެވެ. އެއީ 1940 ވަނަ އަހަރުގައެވެ. ދުނިޔޭގެ ފަންސާހަށްވުރެ ގިނަ ޤައުމުން ކުރަމުން ދިޔަ އެ ހަނގުރާމައިގައި 100 މިލިއަނަށްވުރެ ގިނަ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ހަ އަހަރާއި އެއް ދުވަހަށް ދެމިގެން ދިޔަ އެ ހަނގުރާމައިގައި ދިވެހިން އުޅުނު ހާލަތަށް މިހާ ހިސާބުން ބަލާނަމައެވެ.

ދިވެހިންނާއި ދެވަނަ ބޮޑު ހަނގުރާމަ!

ދިވެހިންނާއި ދެވަނަ ބޮޑު ހަނގުރާމަ ކުރިމަތިލާން ޖެހިފައިވަނީ ދަތުރުފަތުރާއި މުއާސަލާތީ ވަސީލަތާއް އެހާ އާންމު ޒަމާނެއްގައެއް ނޫނެވެ. ފުދުންތެރި ކަމާއި، އާންމު ވަސީލަތްތައް މަދު ޒަމާނު ކަމުން ދިވެހިން އުޅެންޖެހުނީ ހައި ހޫނު ކަމުގައެވެ.

އޭރުގެ އެދުވަސްތައް ތަޖުރިބާކުރި މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ. އެފަރާތްތައް، ހިތުން ބިންވަޅު ނެގުނު އެ ދުވަސްތަކުގެ ހަދާނާއި އެކު ސިފަ ކުރަމުން ކިޔައިދީފައިވަނީ އެއީ ރުއްބުޑާއި މަގޫފަތް ދިވެހިން ކާންޖެހުނު ޒަމާން ކަމަށެވެ. މޫދު ކައިރީގައި ހެދޭ މަގޫފަތަކީ ހިތި އެއްޗެއް ކަމުގައިވީ ނަމަވެސް ބަނޑުހައި ހޫނުކަމަށްކެތްނުވެ އެ ވެސް ކާންޖެހުނު ކަމަށެވެ.

އަނބިންނާއި ދަރިންމަތިން ހަދާން ނެތިވި، ދުވަސްވަރު ކަމަށެވެ. ހެދިފޯދިފައި ހުންނަ، ރުއްކޮޅަށް އަރާ ތޫނު އެއްޗަކުން ރުއްކުރިނޮޅާ ކެއި ޒަމާން ކަމަށެވެ. އެމީހަކާއި އެމީހަކެވެ. ނަފްސީ ނަފްސީ ހާލަތުގައި ދިވެހިން އުޅެމުންދިޔައިރުވެސް ދިވެހިންތިބީ އިސްލާމުންގެ ގޮތުގައެވެ. މިނިވަންކަމެއް ލިބި ހައިހޫނުކަމުން އަރައިގަނެވޭތޯ ދިވެހިން ދިޔައީ ދުޢާ ކުރަމުންނެވެ.

މާތް ރަސްކަލާގެ އިރާދަފުޅުން މާކަ ގިނަދުވެއްނުވެ އަރައިގަނެވުނެވެ. ހަ އަހަރު ދުވަހަށްފަހު، ހަނގުރާމަ ނިމި މުޅިދުނިޔެއަށް އިއުލާން ކުރުމާއި އެކުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް