
އުރީދޫން ބުނީ މި ޕްރޮމޯޝަނުގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާއިރު އެކި އައުޓްލެޓްތަކުން 10 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށް އުރީދޫން ބުނެއެވެ.
ހޮލިޑޭ ފިއެސްޓާ ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭ އައުޓްލެޓްތަކަކީ:
- ވީއާރް ކެފޭ - 10 އިންސައްތަ ޑިސްކައުންޓް
- ޖާޒިއާ - 5 އިންސައްތަ ޑިސްކައުންޓް
- ގޭމްރޫމް - 5 އިންސައްތަ ޑިސްކައުންޓް
- މީޓް ސްޓްރީޓް - 5 އިންސައްތަ ޑިސްކައުންޓް
- ހޮޓް ޑިޝް ކްލަބް - 5 އިންސައްތަ ޑިސްކައުންޓް
- ޕިއްޒާ ކިޗަން - 7 އިންސައްތަ ޑިސްކައުންޓް
- ސޮލައިޓް ރެސްޓޯރެންޓް - 5 އިންސައްތަ ޑިސްކައުންޓް
- ވައިޓަލް ކެއާ - 10 އިންސައްތަ ޑިސްކައުންޓް
- ހޯމްލޭންޑް - 5 އިންސައްތަ ޑިސްކައުންޓް
- ލެ ޗީޒް - 10 އިންސައްތަ ޑިސްކައުންޓް
އުރީދޫގެ އެމް-ފައިސާއަކީ ކަސްޓަމަރުންނަށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން، ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މި ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލް ދެއްކުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ އިތުރުން އެމް-ފައިސާއިން ވަނީ އެކި ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.
އެމް-ފައިސާގެ ހިދުމަތް ބޭނުން ކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް ޑައުންލޯޑްކޮށް ފަސޭހަކަމާ އެކު ރެޖިސްޓަ ކޮށްލެވޭނެއެވެ. މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ގިނަ ބޭންކްތަކާ ގުޅިގެން އެމް-ފައިސާއިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް ޓޮޕްއަޕް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.