ގާލިބްއަކީ ޖުމްހޫރީ ޕާޓީގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އަދި އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމްގެ ކޮއްކޮ އެވެ. އަދި މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ ތިމާގެ ބޭފުޅެކެވެ.
ގާލިބް ވިދާޅުވީ ޕީޕީއެމްގެ ކުރިމަގެއް މިވަގުތު ފެންނަން ނެތުމުން އެޕާޓީން ވަކިވުމަށް ހުށަހަޅާފައިވާ ކަމަށެވެ.
ގާލިބް ޕީޕީއެމް ދޫކޮށްލެއްވިއިރު ގާލިބްގެ އާއިލީ ގިނަ ބޭފުޅުން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔާމީންގެ އަރިސްބޭފުޅުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިވަގުތު ތިއްބެވީ ޖޭޕީގައެވެ.
ގާލިބް ޕީޕީއެމްއަށް ސޮއި ކުރެއްވުމުގެ ކުރިން ޖޭޕީގައި އުޅުއްވިއެވެ. ނަމަވެސް ޕީޕީއެމުން ވަކިވެ އަލުން ޖޭޕީއަށް ވަޑައިގަންނަވާނެކަން އަދި ސާފެއް ނުވެއެވެ.