ads
ރާއްޖެއިން ކުރިން ހައްޖަށް ދިޔަ ބަޔަކާއި ނައިބު ރައީސް ބައްދަލުކުރައްވަނީ
އަމީރުލްހައްޖުގެ ގޮތުގައި ނައިބު ރައީސް ހަމަޖައްސަވައިފި
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ރައީސް ފައިސަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ދިވެހި ހައްޖާޖީންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމަޔަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕް މާދަމާ ފުރާނެއެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ.

މާދަމާއިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ހައްޖާޖީން ރާއްޖެއިން ފުރަމުން ގެންދާނެއެވެ. މިއަހަރުގެ ހައްޖު ދުވަސް ދިމަވަނީ ޖޫމް މަހުގެ 28 ވަނަ ދުވަހާއެވެ.

ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ތިން ޖަމާއަތަކުންވެސް މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަދީ ކޯޓާ ދޫކޮށްފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް